ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ކުރީ ދުވަހެއްގައި
ވަގު ސްލިޕަކަށް ކުކުޅާފަޔާއި ސޮސެޖް ގަތް މީހަކު ދެ އަހަރަށް ޖަލަށް
ވަގު ސްލިޕަކަށް ކުކުޅާފަޔާއި ސޮސެޖް ގަތް މީހަކު ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ފޭކް ސްލިޕަކަށް ފަސް ޕެކެޓް ސޮސެޖާއި ހަ ޕެކެޓް ބޯން ލެސް ޗިކެން ގަތީ ހއ. ދިއްދޫ ވިނޯލިޔާ އިބްރާހީމް ހަލީލް ކިޔާ މީހެކެވެ. މި ތަކެތީގެ އަގަކީ، 530 ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިނގި ހާދިސާއެކެވެ. މި މައްސަލައިގައި ދެ އަހަރުގެ ހުކުމެއް އިއްވިއިރު، އޭނާގެ މައްޗަށް ކުރިން ނުވަ ފަހަރެއްގެ މަތިން ފޭކް ސްލިޕް ހެދުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު، ހަލީލުގެ މައްޗަށް ދެ އަހަރާއި ހަތަރު މަހާ 18 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިއަދުއެވެ. މި މައްސަލައިގައި ހަލީލްވަނީ އޭނާ ފޭކް ސްލިޕެއް ފިހާރައަކަށް ފޮނުވިކަމަށް ދައުލަތުން ކުރާ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގައި ހަލީލް ފޭކް ސްލިޕެއް އެ ފިހާރައިގައި ތިބި މީހުންނަށް ދެއްކުމުން ހަމަ އެ ވަގުތު އެއީ ފޭކެއްކަން އެ މީހުންނަށް އެނގުނުކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އަދި ހަމަ ހާދިސާ ހިނގި ގަޑީ، ފިހާރައިގައި ތިބި ބިދޭސީންނާ ފިހާރައިގެ ވެރިޔާ އޭނާ ހިފަހައްޓައި ފުލުހުންނަށް އެންގިއެވެ. އެކަމުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ މާރާމާރީއެއްވެސް ފިހާރައިގައި ހިނގި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައިގައި ހުކުމް އިއްވި ހަލީލުގެ ފޯނުން ފުލުހުންނަށް އިތުރު ފޭކް ސްލިޕްތަކާއި އަދި ސްލިޕްތައް އެޑިޓް ކުރާ އެޕްލިކޭޝަނެއްވެސް ފެނިފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. މައްސަލައިގައި އެންމެ ފުރަތަމަ ހަލީލް ކުށަށް އިންކާރު ކުރިނަމަވެސް ދައުލަތުގެ ހެކިތަކާއެކު އޭނާވަނީ ކުށަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް