ads
ރާމް ޗަރަން
ރާމް ޗަރަން ރާއްޖެ އައިސްފި
އިންޑިއާގެ ޓެމިލް ފިލްމު "ޓްރިޕުލްއާރު" ގެ ބަތަލެއްގެ ރޯލުން ފެންނަ ސުޕަ ސްޓާ ރާމް ޗަރަން އަންހެނުންނާއެކު ދިވެހިރާއްޖެއަށް ޗުއްޓީހޭދަކުރަން އައިސްފިކަމަށް އިންޑިއާގެ ޓެމިލް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

ރާމް ޗަރަން މިހާރު ޝޫޓް ކުރަމުން އަންނަނީ ޝަންކަރު ޑައިރެކްޓް ކުރާ "ގޭމް ޗޭންޖާ" ފިލްމެކެވެ.

 ބޮޑު ބަޖެޓެއްގެ މި ފިލްމު އަންނަ އަހަރު ރިލީޒް ކުރާނެ އެވެ. ރާމް ޗަރަން އާއި އޭނާގެ އަންހެނުންގެ އުޕަސާނާ އަށް މި އަހަރު ފުރަތަމަ ދަރިފުޅު ލިބޭނެއެވެ. 

ރާމް ޗަރަން އާއި އުޕަސާނާ އާއި އެކު އެމީހުންގެ އާއިލާގެ މެމްބަރުންނާއި ގާތް ރައްޓެހިން ވަނީ ދާދި ފަހުން ދުބާއީގައި ބޭއްވި ބެބީ ޝާވާ ފާހަގަކޮށްފަ އެވެ. 

މި ދެމީހުން މިހާރުވަނީ ކުރު ޗުއްޓީއަކަށް ރާއްއަށް ފުރާފައެވެ. އަދި ވަރަށް އަވަހަށް އެނބުރި ހައިދަރުއާބާދަށް ދާނެ ކަމަށް ބެލެވެ އެވެ. ޗަރަންގެ ގޭމް ޗޭންޖާގެ ޝޫޓިން މި މަހު އަލުން ފަށާނެ އެވެ. 

އަދި "ގޭމް ޗޭންޖާ" ގެ ޝޫޓިން ނިމުމުން ދެ މަސް ދުވަހުގެ ޕެޓަނިޓީ ބްރޭކެއް ވެސް އޭނާ ނަގާނެ އެވެ.

"ޓްރިޕުލް" އާރުގެ ލަވަ "ނާޓޫނާޓޫ" އަށް ވަނީ އޮސްކާއިން ބެސްޓު "އޮރިޖިނަލް ސޯންގް" ލިބިފައެވެ. މިއީ އިންޑިއާއަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް