
އެމީހުން ކައިވެނި އާކުރީ ސޮނެވާ އައިލެންޑް ރިސޯޓުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޓީވީ ޝެފް އާއި ކުރީގެ މޮޑެލް ކައިވެނި ކުރިތާ ގާތްގަނޑަކަށް 23 އަހަރު ވެއްޖެ އެވެ. އެދެމީހުން ކައިވެނި ކުރީ ޖުލައި 2000 ގައި އެސެކްސްގައި ބޭއްވި ޗާޗް ހަފްލާއެއްގައެެވެ. ދެ މީހުންނަށް ފަސް ކުދިން ލިބިފައިވެ އެވެ.
މިއަދު އުމުރުން 47 އަހަރުގެ އޮލިވަރ ވަނީ މޫދުގައި ބޭއްވި ހަފްލާގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ލިޔެފައިވަނީ، “ބާއްޖަވަރި ހެނދުނަކަށް އެގެން. އަހަރެންނާ ޖޫލީ އަލުން ކައިވެނި އާކޮށްފިން،" ކަމަށެވެ.
ޖޭމީ އޮލިވާ އާއި އޭނާގެ އަންހެނުން ޖޫލްސް އަދި ފަހަތުގައި އެމީހުންގެ ދަރިން
ޖޭމީ އޮލިވާ ބުނެފައިވަނީ އެނާ ތޭވިސް އަހަރު އެކުގައި އުޅުމަށްފަހު އަހަރެމެންގެ ކައިވެނީގެ ވައުދުތައް އާކުރުން ފާހަގަ މިކުރަނީ މިއީ ހާއްސަ ކަމަކަށްވާތީއެވެ.
“އެއީ އަސްލުވެސް ހާއްސަ، މަޖާ އަދި ރޮމޭންޓިކް ކަމެއް. ރަސްމިއްޔާތުގައި އިވުނު ހުތުބާގެ މާނަައިގެ ސަބަބުން ކައިވެނީގެ ގުޅުން އިތުރަށް އިތުރުވެއްޖެ،"
އޮލިވާ ބުނީ އޭނާ ކައިވެނި އައުކުރީ ޕަޕަރާޒީންވެސް ވެސް ވަރަށް ސިއްރުންކަމަށެވެ.
“އަހަރެމެން އަބަދުވެސް ދެކެމުން އައީ ރާއްޖެއަށް ދިއުމުގެ ހުވަފެން އަދި އެއީ ހަމަ ތިޔަބޭފުޅުން ހުވަފެނުގައި ވެސް ދެކެވަޑައިގަންނަވާ ގޮތަށް”ޖޭމީ އޮލިވާ ބުންޏެވެ.