ads
ކްރިމިނަލް ކޯޓު
މަޝްހޫރު "ރޯޔަލް ރޭޕް ކޭސް" ގެ މައްސަލަ ބޭރުކޮށްލައިފި
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މަޝްހޫރު މައްސަލަ، ހެކި ނެތް ކަމަށް ބުނެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ރޭޕު ކުރިކަމަށް ބުނާ މައްސަލައަކީ ކެންޔާ އަންހެނަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން އަބްދުﷲ ޝާންއެވެ.

ޝާންގެ އިތުރުން އެ މައްސަލަ ތަހުގީގުކޮށް ފުލުހުން ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވީ ދެ މީހެއްގެ މައްޗަށެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުވާ ކުރީ ޝާންގެ މައްޗަށް އެކަންޏެވެ. އެންމެ ފަހުން އެ މައްސަލަވެސް ބޭރުކޮށްލީއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށެވެ.

ދެ އަހަރެއްހާ ދުވަހު ކޯޓުގައި މައްސަލަ ކުރިއަށް ނުގޮސް އޮތުމަށް ފަހު ބޭރުކޮށްލިއިރު، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާ، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ  އަދި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. މި މައްސަލަތަކުގެ ދައުވާ ކޮށްފައިވަނީ 6 ޖެނުއަރީ 2021ގަ އެވެ. އޭނާގެ މައްޗަށް ކުރީ މައްސަލަތައް ބޭރުކޮށްލީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް