
މި ކަލެކްޓިވް އަކީ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް އެމީހުން ކުރާ މަސައްކަތް ތަމްސީލުކުރާ ކަލެކްޓިވްއެއް ކަމަށް ލަގްޒަރީ ފެޝަން ހައުސް އިން ބުނެ އެވެ.
ސިރިލް ވިގްނެރޮން އިތުރަށް ވިދާޅުވެފައިވަނީ އާމާލްގެ މަސައްކަތްތަކުން ދައްކުވައިދެނީ ދުނިޔޭގެ ފެންވަރުގައި ނާޒުކު މުޖުތަމައުތަކަށް ރަނގަޅު ބަދަލު ގެނައުމަށް އަމަލް ކުރާ މަސައްކަތާއި އޭނާގެ ޖަމިއްޔާ "ކާޓިއާ ވޮއިސް" އާއި ކުރާ މަސައްކަތް ވަރަށް އެއްގޮތްކަމަށެވެ.
އެމެރިކާގެ އެކްޓަރު އަދި ޕްރޮޑިއުސަރު ޖޯޖް ކްލޫނީގެ އަންހެނުން ކަމަށްވާ އުމުރުން 44 އަހަރުގެ ކުލޫނީ އަށް ވަނީ ދާދިފަހުން ޓްވިންސް އެއް ލިބިފައެވެ. އޭނާ ވަނީ މިދިޔަ އަހަރު ޓައިމް މެގަޒިން އިން އަހަރުގެ އެންމެ މޮޅު އަންހެން މީހާގެ އެވޯޑް ވެސް ހޯދާފަ އެވެ.
އަމަލް ވަނީ ރައީސް މުހަމައްދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގެ މެބަރުކަމާއި، ރޮހެންޔާ މުސްލިމުންނާމެދު ހޭލުންތެރިކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގެ އެންބެސަޓަރުކަން ވެސް ކޮށްފައެވެ.