ads
މާޒިޔާ - ޓީސީ މެޗުގެ ތެރެއިން (ފޮޓޯ ދާދު)
ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗު މާޒިޔާއަށް
ރާއްޖޭގެ އެންމެ ޝަރަފުވެރި، އަދި އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގެ މިއަހަރުގެ ފުރަތަމަ މެޗުން މާޒިޔާ މޮޅުވެއްޖެއެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗުން މާޒިޔާ މޮޅުވީ، ޓީސީއާ ވާދަކޮށް ދެ ލަނޑު ސުން ލަނޑުންނެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މާޒިޔާއިން ޖެހި ދެ ލަނޑުވެސް ޖެހީ އެ ޓީމުގެ އިބްރާހިމް އައިސަމްއެވެ. މިއީ މާޒިޔާގެ މި ސީޒަންގެ ދެވަނަ މޮޅެވެ. މާޒިޔާވަނީ ސީޒަން ހުޅުވަން ކުޅުނު މެޗުގައި އީގަލްސް އަތުން މޮޅުވެފައެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން ނެރުނު ފުރަތަމަ 11 އާއި ޕްރެޒިޑެންޓްސް ކަޕުގެ 11 އާ ތަފާތެވެ. ޝީލްޑް މެޗުގައި މާޒިޔާގެ ގޯލް ބެލެހެއްޓި ހުސެއިން ޝަރީފްގެ ބަދަލުގައި ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗުގައި ގޯލުގައި ހުރީ ކީޕަރު މުހައްމަދު ފައިސަލް އެވެ. އެ މެޗުގައި އަނިޔާވި ޑިފެންޑަރު އަހުމަދު ނޫމާންވެސް ޓީސީއާ ދެކޮޅަށް ނުކުޅެއެވެ.  

ދެން ޕްރެޒިޑެންޓްސް ކަޕްގެ މެޗެއް ރޭވިފައި އޮތީ، އަންނަ ހުކުރު ދުވަހުގެ ރެއަށެވެ. އެ މެޗުގައި ވެލެންސިއާ އިން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް