އެމެރިކާގެ ނިއުޖާޒީގައި ހުންނަ އުމަރު ބުނުލް ހައްތާބު މިސްކިތުގައި އިމާމްގެ ބުރަކަށްތަށް ވަޅިން ހަމަލާދީފައިވަނީ ނަމާދުކުރަން ހުރި މީހަކު، ކުއްލިއަކަށް ގޮހެވެ. އެންމެން ސަދިދާގައި ތިބި ވަގުތު އެމީހާ ސަފުން ކުރިއަށް ނުކުވެ އިމާމަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ސެރިފް ޒޯރްބާ (32) ކިޔާ މީހެކެވެ. އޭނާ ވަޅިޖަހާފައި ފިލަން މަސައްކަތް ކުރަނިކޮށް މިސްކިތުގައި ތިބި މީހުން ވަނީ އޭނާގެ ފަހަތުން ގޮސް އޭނާ ހިފަހައްޓާފައެވެ.
މި ހާދިސާގައި ޒަހަމްވީ މިސްކިތުގެ އިމާމް ސައިދު އެލްނާކިބް (65) އެވެ. އިމާމަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު މިވަގުތައް ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.