
އިންޑިއާގެ ޓެމިލް ފިލްމު "ޓްރިޕުލްއާރު" ގެ ބަތަލެއްގެ ރޯލުން ފެންނަ ސުޕަ ސްޓާ ރާމް ޗަރަން އަންހެނުންނާއެކު ދިވެހިރާއްޖެއަށް ޗުއްޓީހޭދަކުރަން އައިސްފައިވަނީ މިމަހު 9 ވަނަ ދުވަހުއެެވެ. އެނާ ވަނީ އެ ދަތުރުގެ ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ.
މިގޮތުން ރާމް ޗަރަން ރާއްޖެއިން އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުން ފުރަތަމަ ފޮޓޯގައި ރާމް ޗަރަން އާއި އުޕަސާނާ ދޯންޏެއްގައި ތިބިއިރު އެމީހުން ތިބީ މޫދަށް ބަލަހައްޓައިގެންނެވެ.
މި ފޮޓޯތައް ހިއްސާކުރުމާއެކު ފޭނުންގެ ފޯރި ވަރަށް ގަދަވެ، ޗަރަންއަށް މަރުހަބާގެ މެސެޖުތައް އޮއްސާލިއެވެ.
ރާމްޗަރަން އެނބުރި ގައުމަށް ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރިޕޯޓްތައް ބުނާގޮތުން ރާމް ޗަރަން އާއި އުޕަސާނާ ރާއްޖެ އައުމުގެ ކުރިން ދުބާއީއަށް ދިޔައީ ގާތް ރައްޓެހިންނާއި އާއިލާއާއެކުއެވެ. ލިބެންއުޅޭ ދަރިފުޅުގެ ބެބީ ޝާވާ ފާހަގަކުރުމަށެވެ.
އުޕަސާނާ އާއި ރާމް ޗަރަންގެ ކައިވެންޏަށް 10 އަހަރު ފުރުން ފާހަގަކުރީ މިދިޔަ އަހަރު އެވެ. ޑިސެމްބަރު 2022 ގައި ރާމް ޗަރަންގެ ބައްޕަ އަދި ވެޓެރަން އެކްޓަރު ޗިރަންޖީވީ ވަނީ އުޕަސާނާ ބަލިވެ އިނުމުގެ ހަބަރު މުޅި ދުނިޔެއަށް އިއުލާނުކޮށްފައެވެ.
ރާމް ޗަރަން ވަރަށް އަވަހަށް އެނބުރި ހައިދަރުއާބާދަށް ދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޗަރަންގެ ގޭމް ޗޭންޖާގެ ޝޫޓިން މި މަހު އަލުން ފަށާނެތީއެވެ.
އަދި "ގޭމް ޗޭންޖާ" ގެ ޝޫޓިން ނިމުމުން ދެ މަސް ދުވަހުގެ ޕެޓަނިޓީ ބްރޭކެއް ވެސް އޭނާ ނަގާނެ އެވެ.
"ޓްރިޕުލް" އާރުގެ ލަވަ "ނާޓޫނާޓޫ" އަށް ވަނީ އޮސްކާއިން ބެސްޓު "އޮރިޖިނަލް ސޯންގް" ލިބިފައެވެ. މިއީ އިންޑިއާއަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ.