ads
ހިދުމަތުގެ އިނާމް ލިބުނު ބޭފުޅަކަށް ރައީސް އިނާމް ދެއްވަނީ: ފައިލް ފޮޓޯ
45 އަހަރުގެ ހިދުމަތްތެރިންނަށް ހިދުމަތުގެ އިނާމް ދެނީ
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެެރެއިން 45 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ހިދުމަތުގެ އިނާމް ނުލިބޭ ބޭފުޅުންނަށް ދައުލަތުން އިސްނަގައިގެން އެބޭފުޅުންގެ ރެކޯޑް ސާފުކޮށް އިނާމް ދިނުމަށް ނިންމައިފިއެވެ.

މިއީ މިހާތަނަށް މި އިނާމް ނުދެވި ތިބި ބޭފުޅުން ހޯދައި، ދައުލަތުން އިސްނަގައިގެން އެބޭފުޅުންގެ މައުލޫމާތު އެއްކޮށް އިނާމް ދެވޭ ފުރަތަމަ ފަހަރެވެ. މީގެކުރިން ހިދުމަތުގެ އިނާމް ދެމުން ގެންދިޔައީ އިނާމަށް އެދި ކޮންމެވެސް ފަރާތަކުން ނުވަތަ އަމިއްލައަށް ހުށަހަޅުއްވާ ބޭފުޅުންނަށެވެ.

ގައުމީ އިނާމާބެހޭ ކޮމެޓީގެ ޗެއަޕާސަން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވީ ދައުލަތަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ ރެކޯޑް މިހާރު ސާފު ކުރެވި އެބޭފުޅުންނަކީ ކޮން ބައެއްކަން ދެނެގަނެފިވައިވާ ކަމަށެވެ.

އެ ބޭފުޅުންގެ ހިދުމަތާއި އެބޭފުޅުންގެ ލިސްޓް ރައީސް އޮފީހުން މިހާރު ގައުމީ އިނާމް ކޮމެޓީއަށް ފޮނުވާފައިވާކަމަށް އަނީސާ ވިދާޅުވިއެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެވެނީ 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށެވެ. އެގޮތުން މިހާތަނަށް 309 ބޭފުޅަކަށް އިމާން ދެއްވާފައިވެއެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް މިއަހަރު ދިނުމަށް ނިންމާފައިވަނީ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް