ads
އެމް-ފައިސާ މެދުވެރިކޮށް ހަމަ އެންމެ 50 ރުފިޔާއަށް އިފްތާރު ޕެކެއް ހަދިޔާކުރުމުގެ ފުރުސަތު އުރީދޫން ވަނީ ފަހިކޮށްދީފައި - ފޮޓޯ:އުރީދޫ
އެމް-ފައިސާ މެދުވެރިކޮށް ހަމަ އެންމެ 50 ރުފިޔާއަށް އިފްތާރު ޕެކެއް ހަދިޔާކޮށްލެވިދާނެ
އެމް-ފައިސާ މެދުވެރިކޮށް ހަމަ އެންމެ 50 ރުފިޔާއަށް އިފްތާރު ޕެކެއް ހަދިޔާކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ފަރާތުން ފަހިކޮށްދީފިއެވެ.

އުރީދޫން ބުނީ މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

ރޯދަ މަހަކީ އޯގާތެރިކަން އިތުރު ކުރަންވީ މަހެއް ކަމަށްވުމާ އެކު، އިފްތާރު ޕެކް ހަދިޔާ ކުރުމުގެ މައިގަނޑު މަގުސަދަކީ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުން ކަމަށް އުރީދޫން ބުނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

  • އުރީދޫ އެޕްއިން އިފްތާރު ޕެކް ހިޔާރުކުރުން: http://ore.do/iftar
  • ހަދިޔާ ކުރަން ބޭނުންވާ ޕެކްގެ އަދަދު ޖެހުން
  • ފައިސާގެ މުއާމަލާތް ޔަގީންކުރުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް