ads
މަނަދޫ: ހިނގާދިޔަ ހާދިސާ އާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބިރުވެރިކަން އެބައޮތް - ފޮޓޯ:ސީއެންއެމް
ނައީމާގެ މަރު: އުންމީދަކީ ލަސްތަކެއް ނުވެ ގާތިލު ސާފުވެގެން ދިއުން
އުންމީދަކީ ލަސްތަކެއް ނުވެ، ތަހުގީގު މަރުހަލާގެ ތެރެއިން ނައީމާގެ މަރުގެ ގާތިލު ސާފުވެގެން ދިއުން ކަމަށް މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސޮބީހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނުތާ މާގިނައިރުތަކެއް ނުވެ ހިނގާދިޔަ ހާދިސާ އާ ގުޅޭގޮތުން މަނަދޫ ކައުންސިލުގެ ރައީސް "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި އެ ހާދިސާއަކީ މަނަދޫގެ ދިގު ތާރީހުގައި ހިނގާފައި ނުވާ ވަރުގެ ވަރަށް ބޮޑު، ވަރަށް ހިތާމަވެރި ހާދިސާއެއް ކަމުގައެވެ.

ހިނގާދިޔަ މި ހިތާމަވެރި ހާދިސާ އާ ގުޅިގެން ރަށުގެ ހާލަތާ ގުޅޭގޮތުން ސޮބީހު ވިދާޅުވެފައިވަނީ ރަށުގެ ރައްޔިތުން ޖުމްލަގޮތެއްގައި ތިބީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށެވެ.

ސޮބީހު ވިދާޅުވި ގޮތުގައި ކުއްލިއަކަށް މިވަރުގެ ބިރުވެރި، އަނިޔާވެރި ހާދިސާއެއް ހިނގައިދިޔައީމާ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ފާހަގަކުރެއްވޭ ކަމުގައެވެ. ރަށުގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ސިހުމުގެ އިތުރުން ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތްކަން ހާމަކުރައްވާ ސޮބީހު ވިދާޅުވީ މި މުޖުތަމައަކީ ވަރަށް އަމާންއޮމާންކޮށް އޮތް މުޖުތަމައެއް ކަމަށާއި މި މުޖުތަމައުގެ ތެރޭގައި އުޅެމުންދާ އެއްވެސް މީހަކު މިވަރުގެ ކަމެއް ހިނގައިދާނެ ކަމަކަށް އުންމީދު ނުކުރާނެ ކަމަށެވެ.

"އުންމީދަކީ އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، މި ގާތިލް. ހަމަ މި ހާދިސާގެ އެންމެ ފުނަށް ވާސިލުވެ، ހަމަ ތަހުގީގު މަރުހަލާގެ ތެރެއިން މި ކަން ހަމަ ސާފުވެގެން ދިއުން،" ރަށު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ހާދިސާ އާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބިރުވެރިކަން އެބައޮތްކަން ފާހަގަކުރައްވާ ސޮބީހު ވިދާޅުވީ ނަފްސާނީ ގޮތުންވެސް ބައެއް ފަރާތްތަކަށް އުދަނގޫތަކެއްވެ، ގެއްލުންތަކެއް ވަމުންދާ ކަމުގެ ރިޕޯޓުތައް އެ ކައުންސިލަށް ލިބެމުންދާކަން ފާހަގަކުރަން ބޭނުންފުޅުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް