ބާޒާރުގެ އަގުތައް
13 އޭޕްރީލް 2023 - 10:42:38
ރޯދަ 22 ވަނަ ރޯދަ މިއަދު ހިފަމުން ދާއިރު، ބާޒާރުގައި ތަކެތީގެ އަގަށް އެވްރެޖްގޮތެއްގައި ހުރީ ހިފެހެއްޓިފައެވެ.
އިއްޔެއާއި މިއަދުގެ ބާޒާރުގެ އަގުތަކަށް ބެލި ނަމަވެސް އެހާބޮޑު ތަފާތެއް ފެންނާކަށް ނެތެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ފަޅޯ ކިލޯއެއް - 28 ރުފިޔާ
- މާޅޮސްކެޔޮ ކިލޯއެއް- 40 ރުފިޔާ
- ކުރުނބާ - ކުޑަ ސައިޒް 25 - 30 ރުފިޔާ
- ކުރުނބާ ބޮޑު ސައިޒް- 40 - 60 ރުފިޔާ
- ކަރާ - ކިލޯއެއް 18 - 25 ރުފިޔާއަށް ލިބެން އެބަހުރި
- ކަނޑޫދޫ މިރުސް - ކިލޯއެއް ވިއްކަމުން ދަނީ 80 - 130 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
- ކޮޕީ ފަތް - ތިން ފަތް 10 ރުފިޔާއަށް ލިބޭ
- ލެޓިއުސް ކިލޯއެއް - 60 ރުފިޔާ
- ބަށި ކިލޯއެއް- 60 ރުފިޔާ
- ކުއްޅަފިލާ ފަތް ބޮޑިއެއް - 15 ރުފިޔާ
ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ފަރުމަސް - ޅިޔައަޅާފައިވާ އާދައިގެ މަހެއް ވިއްކަމުން ދަނީ 40 - 200 އާ ދެމެދުގެ އަގަކަށް
- ގިނިމަސް - ކުޑަ ގިނިމަހެއްގެ ވިއްކަނީ 15 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް:
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯ އާއި ކާށީގެ އަގުތައް އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އާއި ކާށި އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާއަށެވެ. ކާށި ކިލޯއެއް ވިއްކަމުން ދަނީ 12 ރުފިޔާއަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް