ads
ސަރުކާރުގެ ބޭނުމަށް މީގެ ކުރިން ގެސްފައިވާ އެމްބިއުލާންސް ތަކެއް
މިދައުރުގައި މިހާތަނަށް 127 އެމްބިއުލާންސް ހަވާލު ކުރެވިއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާއި ހަމައަށް 127 އެމްބިއުލަންސް ސިއްހީ ހިދުމަތްދޭ އެކި ތަންތަނަށް ފޮނުވިފައިވާނެކަމަށް، ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެއްޓުނުއިރު، ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ބައެއް ތަންތަނުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލަންސް ތަކާއި، އަދި އެމްބިއުލަންސްގެ ނަމުގައި އެހެންނަމަވެސް އެއްވެސް އަވަސްފަރުވާއެއް ނުދެވޭ، ހަމައެކަނި ނަމަކަށް ހުރި އެމްބިއުލާންސް ތަކެއް ހުރިކަމަށެވެ.

ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒުކަމަށާއި، އެހެންކަމުން ވަކި ރަށެއް އިސްތިސްނާކުރުުމެއް ނެތި، އެމްބިއުލާންސްގެ ހިދުމަތް ބޭނުންވާ ހުރިހާ ރަށަކަށް އެހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިގޮތުން މިދައުރުގެ ވެރިކަން ފެށުނުފަހުން މިއަދާއި ހަމައަށް 127 އެމްބިއުލަންސް އެއް މިހާތަނަށް ހަވާލުކުރެވިފައިވާނެ ކަމަށާއި، މި އެމްބިއުލަންސް ތަކަކީ ކުރީ ސަރުކާރުތަކުން ގެނެސްފައި ހުރި އެމްބިއުލަންސް ތަކާއި ހިލާފަށް ހަމައެކަނި ނަމެއްގައި ގެނެވޭ އެމްބިއުލަންސްތަކެއް ނޫންކަމަށާއި، މި ވެހިކަލްތަކުން އެމްބިއުލަންސްއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ލިިބިގެންދާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިމަހުގެ 9 ވަނަދުވަހުވެސް މިނިސްޓްރީ އޮފް ހެލްތަށް އަށް ބޭނުންވާ 20 އެމްބިއުލަންސް އެއް ގަތުމަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އާއި މިނިސްޓްރީ އޮފް ހެލްތް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން، 90 ދުވަސްތެރޭގައި 20 އެމްބިއުލަންސް ގެނެސް ހަވާލުކުރެވޭނެކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް