ads
އެމްޓީސީސީގެ ބަސްތަކެއް
ޓްރެފިކަށް ހުރަސްއެޅުމަކީ ހިތާމަހުރި ނުރައްކާތެރިކަމެއް: ސަރުކާރު
މާލޭގެ މަގުތަކަކީ ވަރަށް ކާރޫބާރު ބޮޑު ތަނެއްކަމަށާއި، އެހެންކަމުން އެއްވެސް ފަރާތަކުން މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ހުރަސް ނޭޅުމަކާށާއި އެއީ ވަރަށް ޓްރެފިކަށް ހުރަސްއެޅުމަކީ ހިތާމަހުރި ނުރައްކާތެރިކަމެއްކަމަށް ސަރުކާރުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިއަށް މިއުވާން ވިދާޅުވީ، ރޭގެވަގިތެއްގައި މީސްމީޑިއާގައި، ސިޔާސީ ޕާޓީ އެއްގެ ދިދަ ހިފައިގެން ހުރި މީހަކު، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްދޭ އެމްޓީސީސީގެ ބަހެއް ކުރިއަށް ދިއުމަށް ހުރަސްއަޅާ، ބަހުގެ ކުރިމައްޗަށް ހުއްޓިލައިގެން ހުންނަތަން ފެންނަ ވީޑިއޯއެއް އާއްމުވެފައިވާ ކަމަށެވެ.

މިއީ ވަރަށް ހިތާމަހުރި އަދި އެހާމެ ނުރައްކާތެރިކަމެއް ކަމަށާއި، ޓްރެފިކް ފްލޯ ހުއްޓުވައި، މިފަދަ އަމަލްތައް ހިންގުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިގުމުގެ ފުރުސަތު އިތުރުވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްދޭ އުޅަދަކަށް ދަތުރުކުރިޔަ ނުދީ ހިފެހެއްޓުމުގެ ސަބަބުން، އެއިން ދަތުރުކުރާ ޕަސިންޖަރުންނަށްވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި ތަކުލީފްތަކެއް އުފުއްލަންޖެހޭނެ ކަމަށާއި، އެއީ އެ ޕަސިންޖަރުންނަކީ ވަކި ގަޑިއަކަށް ތަންތަނަށް ދާންޖެހޭ މީހުންނަށް ވެފައި، އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްދޭ އުޅަދަކީވެސް ވަކި ގަޑިއަކަށް ތަންތަނަށް ދަރުތުކުރަންޖެހޭ އުޅަދަކަށްވާތީވެ، އެއްމެ މީހެއްގެ ސަބަބުން އެތައްބަޔަކަށް އޭގެ ގެއްލުން ލިބޭނެކަމަށް ވާތީ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން، މަގުމަތީގެ ޓްރެފިކްފްލޯއަށް އަސަރުކުރާނެ ކަންކަން ނުކުރުމަށް އިލްތިމާސްކުރާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އާރުޓީއެލް ބަހަކަށް ހުރަސްއަޅާ ޓްރެފިކް ފްލޯއަށް ރޭ ދަތިކުރީ އިދިކޮޅު ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް