ads
ކޭއާރުއެޗްގެ އައު އޯޕީޑީ އިމާރާތް
ކޭއާރްއެޗް ހިންގި އިންޑިއާ ކުންފުންޏަށް 29 މިލިއަނުގެ ބަދަލެއްދީފި
2017 ވަނަ އަހަރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ހިންގަން ހަވާލުކުރި އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއެން)އާ ދެމެދު ކުރެވުނު އެއްބަސްވުން އުވާލުމުން 29 މިލިއަން ރުފިޔާގެ ބަދަލެއް އެކުންފުންޏަށް ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

ކޭއާރުއެޗް، އެންއައިއައި އިން ހިންގި މުއްދަތާއި ގުޅޭ އޮޑިޓާ ޖެެނެރަލްގެ އޮޑިޓް ރިޕޯޓުގައި ބުނީ، 50 އަހަރުގެ މުއްދަތަކަށް ކޭއާރުއެޗް ހިންގުން އެންއައިއައި އާއި ހަވާލުކުރީ 20 ޖޫން 2017 ގައި ކަމަށެވެ. ނަމަވެސް އެއަހަރުގެ ޑިސެމްބަރުގައި އަނެއްކާވެސް އެ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރިކަމަށް ރިޕޯޓްގައި ވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ އެއްބަސްވުން އުވާލައި ހެލްތުގެ ދަށަށް ކޭއާރުއެޗް ބަދަލުކުރީ ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވެވުނު އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް އެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ.

އެއްބަސްވުން އުވާލުމަށް ފަހު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސެޓްލެމްންޓް އެގްރީމެންޓެއް ހަދާ ބަދަލެއްގެ ގޮތުގައި އެންއައިއައި އަށް 29 މިލިއަން ރުފިޔާ ދީފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެގޮތުން އާސަންދައިން އެންއައިއައިއަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާއިރު، އިތުރު އިކުއިޕްމެންޓްތަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައިވާކަމަށާއި މެޑިކަލް ކޮންސިއުމަބަލްސް އާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހަރަދުތަކަށް އެ ކުންފުނިން ދެއްކި ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ހެލްތު މިނިސްޓްރީން އެންއައިއައި އަށް ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެވެ.

މީގެ އިތުރުން އެންއައިއައި އިން ފޯރުކޮށްދިންކަމަށް ބުނާ ހިދުމަތުގެ 157 ބިލަކަށްވާ 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށާއި އޭގެތެރެއިން 30 ބިލަކަށްވާ 135،434 ރުފިޔާގެ މުދަލާއި ޚިދުމަތް ލިބުނުކަން ޔަގީންނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް