ads
ހެރީ މެގުއާ
މެގުއާގެ ބައިކޮޅަށް ވަތް ލަނޑާއެކު ޔުނައިޓެޑް ޕްރެޝަރަށް
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މޮޅުވާން ދަނިކޮށް، ބައިކޮޅަށް ވަތް ދެ ލަނޑާއެކު މެންޗެސްޓާރ ޔުނައިޓެޑް ޕްރެޝަރަށް ވެއްޓިއްޖެއެވެ.

އަމިއްލަ ދަނޑުގައި ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު، ބުރާސްފަތި ދުވަހުގެ ރޭ އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންވެ. މި މެޗުގައި ފުރަތަމަ ހާފުގެ ތެރޭގައި ޔުނައިޓެޑުންވަނީ ދެ ލަނޑު ޖަހައި ހަމަ ޖެހިލައިފައެވެ. ދެ ލަނޑުވެސް ޖެހީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކުން އައިސްހުރި މާސެލް ސަބިޓްޒާ  އެވެ. 

ދެ ލަނޑުގެ އެޑްވާންޓޭޖަކާއެކު ދެވަނަ ހާފަށް ނުކުތްނަމަވެސް މެޗުގެ ފަހުކޮޅު ބައިކޮޅަށް ވަތް ދެ ލަނޑާއެކު ޔުނައިޓެޑު ޕްރެޝަރަށް ވެއްޓުނީއެވެ. 

ބައިކޮޅަށް ފުރަތަމަ ވަތް ލަނޑަކީ ގޯލް ކީޕަރު ޑެހެއާ އަތުން ވަތް ލަނޑެކެވެ. ދެވަނަ ލަނޑަކީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. 

 މެޗުގެ ފަހު ވަގުތުކޮޅު ޔުނައިޓެޑުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ހުރިހާ ބަދަލެއް ހަމަވީ ފަހުން ޑިފެންޑަރު އާޖެންޓީނާގެ މާޓިނޭޒްއަށް ލިބުނު އަނިޔާއަކާ އެކު އޭނާ ދަނޑުން ބޭލުމުންނެވެ. 

ސެވިއްޔާއާ އަމިއްލަ ދަނޑުގައި އެއްވަރުވުމުން، އަންނަ ހަފްތާގައި ޔުނައިޓެޑު ރަށުން ބޭރުގައި ދެވަނަ ލެގު ކުޅޭނީ ޕްރެޝަރުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް