ads
އިންމަ
ޕްރެޒިޑެންޓްސް ކަޕާ ކުރިމަތިލާއިރު ބޮޑެތި ގޮންޖެހުންތަކެއް
ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕާ ކުރިމަތިލާއިރު، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް- ސަސްއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ ކްލަބުގެ ކޯޗު އިސްމާއިލް މަހްފޫޒު (އިންމަ) ބުނެފިއެވެ.

އާ ސީޒަނުގައި ސަސް އިން ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ބައްދަލުކުރާނީ އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، ކްލަބް ވެލެންސިއާ އެވެ. ވެލެންސިޔާއާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ނުކުންނައިރު، ސަސްގެ ކޯޗު އިންމަވަނީ ބޮޑެތި ގޮންޖެހުންތަކަކާ އެ ކުލަބުން ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށްފައެވެ.  

"ފުރަތަމަ ކަންބޮޑުވަކީ ޕްލޭޔަރުންގެ އިންޖަރީ އަށް ބެލުން. ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން އެކަމަށް. ޕްރީ ސީޒަނެއް ނަހަދައި އައީމަ އެ ރަނގަޅު ލެވަލަށް ޕްލޭޔަރުން އައުމުގެ ކުރިން، އެ މީހުންނަށް އެންމެ ރަނގަޅަށް ކަންކަން ބަލަހައްޓައި، ސަލާމަތުން ބެހެއްޓުން ވެސް މުހިންމު. އަސްލު މިއީ ކޯޗުންނަށް ވަރަށް ބޮޑު ގޮންޖެހުމެއް، އުނދަގޫތަކެއް އެބަހުރި، އެހެން ނަމަވެސް މީގެ ދެ އަހަރެއް ވަރު މި ޗެލެންޖްތަކާ ކުރިމަތިލަމުން މި ދަނީ" އިންމަ

ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް މިހާރު ފެށިފައިވާއިރު، ފުރަތަމަ ޑިވިޝަނުގައި މި ފަހަރު ވާދަކުރާ އަށް ޓީމުގެ ތެރެއިން ޕްރީ ސީޒަނެއް ރަނގަޅަށް ފުރިހަމަ ކުރީ ދެ ޓީމުންނެވެ. އެއީ މާޒިޔާ އަދި އީގަލްސް އެވެ. 

ދެން ތިބި ޓީމުތަކަށް ޕްރީ ސީޒަނެއް ނުހެދޭތާ ދެ ޓީމަކުން ޕްރެޒިޑެންޓްސް ކަޕުގައި ބައިވެރިވެސް ނުވެއެވެ. ޓީމުގެ މާލީ ހާލަތާއި އެޑްމިނިސްޓްރޭޝަން ކަންތައްތަކެއްގެ ސަބަބުން ޕްރެޒިޑެންޓްސް ކަޕުގައި ނުކުޅެނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް