ads
ބުރުގެ ކޯޗު ނިޒާމްބެ
ޖެހިލުންވާ އެއްވެސް ޓީމެއް ނެތް: ބުރު ސްޕޯޓްސް
އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަން ފަށާ ބުރު ސްޕޯޓްސް ކްލަބު، ޖެހިލުންވާ އެއްވެސް ކްލަބެއް ނެތް ކަމަށް އެ ކްލަބުގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް- ނިޒާމްބެ ބުނެފިއެވެ.

މާދަމާ ރޭ ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ބުރު ސްޕޯޓްސް ކުޅޭ މެޗަކީ، ފުރަތަމަ ޑިވިޝަނުގައި ބުރު ސްޕޯޓްސް ކްލަބުން ކުޅޭ ފުރަތަމަ މެޗެވެ. 

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، އެއްވަނަ ޑިވިޝަނުން ފުރުސަތު ހޯދި ބުރު، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ކުރަމުން އަންނަތާ ދެ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.

ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން، ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ނިޒާމްބެ ބުނީ ޕްރެޒިޑެންޓްސް ކަޕުގެ ފެވަރިޓުންނަކީވެސް މުޅިން އަލަށް ވާދަކުރާ ބުރު ކަމަށެވެ.

"ޔަގީނުންވެސް ފޭވަރިޓުންނަކީ ބުރު. އެއީ ރިއަލިސްޓިކް ނޫނީ އަންރިއަލިސްޓިކް ވާހަކަ ނުދައްކާ. ބުރު ވާދަނުކުރާނެ އެއްވެސް ޓީމެއް ނެތް. ބުރު ޖެހިލުންވާނެ ޓީމެއް ނެތް. ބުރުގެ ވިސްނުމަކީ އެއީ. ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ. އެކަން ކުރެވޭނެތީ މި ސީޒަނަށް ނިކުންނަނީ. އެހެންނޫނީ ނުނިކުންނާނެ." ނިޒާމްބެ

އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރު، އެ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އެ ކްލަބުގައި އާ ބައެއް ކުޅުންތެރިންވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފް ހިމެނެއެވެ. އަދި މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު މުހައްމަދު ނާއިމް އާއި ޒުވާން ކީޕަރު، ޝައިހާން އަލީ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް