ads
ދީމާ އަދި ރަފާ އަދި ޓީޓީ ކުޅުންތެރިން ރައީސްއާއެކު
ދީމާ އަދި ރަފާ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ
ދިވެހި ޓޭބަލް ޓެނިސް ޗެމްޕިއަން ޖޯޑު، އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ އަންނަ މަހު ސައުތު އެފްރިކާގައި ބާއްވާ ޓޭބަލް ޓެނިހުގެ ދުނިޔޭގެ މުބާރާތް، ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލްސް އަށް ކޮލިފައިވެއްޖެ އެވެ.
Advertisement

ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލްސް އޮންނާނީ ޑާބަންގައި އަންނަ މަހު 20-28 އަށެވެ. އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ އެންމެ ބޮޑު މުބާރާތަށް މުޅި އޭޝިއާ ބައްރުން ވެސް އަންހެން ޑަބަލްސް އިވެންޓަށް ކޮލިފައިވީ ދެ ޕެއާ ކަމަށްވަނީ މައުލޫމާުތ ލިބިފައެވެ. އެއީ ރަފާ އާއި ދީމާގެ ޕެއާގެ އިތުރުން އިންޑިއާގެ ޕެއާ އެކެވެ.

ދީމާ އާއި ރަފާ ވެސް މި ވަގުތު އަންނަނީ ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބު ހޯދުމަށް ރާއްޖޭން ބޭރުގައި އެކި ޓްރެއިނިންތައް ފުރިހަމަކުރަމުންނެވެ. ދީމާ އަދި ރަފާއަކީވެސް އަރުތަ ޕްރޮގްރާމްގެ ބައިވެރިންނެވެ.

މި ފަހުން ބައިނަލްއަގުވާމީ ލެވަލްގައި ހޯދާފައިވާ މެޑަލްތަކުގެ އަދަދަށް ބަލާއިރު، އެންމެ ގިނައިން މެޑަލް ހާސިލްކުރި ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް ހިމެނޭނެ އެވެ. މިދިޔަ އަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީމު އިވެންޓުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެ ކާމިޔާބީގައި ވެސް ރަފާ އާއި ދީމާ އިސް ދައުރެއް އަދާކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް