ads
ޒިދާން އަދި މޮރީނިއޯ
ރޮނާލްޑޯ ބޭނުންވަނީ ޒިދާން ނޫނީ މޮރީނިއޯ ގެންނަން
ކްރިސްޓިއާނޯ ރޮނާލްޑޯއާ ފަނިވެ، ސައުދީގެ އަލް ނަސްރުގެ ކޯޗު ރޫޑީ ގާސިއާ މަގާމުން ވަކިކޮށްފައިވާއިރު، ދެން އެ ކްލަބަށް ކޯޗު ކޮށްދޭން ގެންނަން ރޮނާލްޑޯ ބޭނުންވަނީ ޒިދާން ނުވަތަ މޮރީނިއޯ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައުދީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން، އަލް ނަސްރު މޮޅުނުވެ، މެޗަށް ފަހު ރޮނާލްޑޯއާ ކޯޗު ގާސިއާއާ ދެމެދު އުފެދުނު ނުތަނަވަސް ކަމަށް ފަހު ގާސިއާވަނީ މަގާމުން ވަކިކޮށްފައެވެ. އެއާއެކު، އަލް ނަސްރަށް ކޯޗެއް ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އާ ކޯޗެއް ހޯދުމުގައި ކްލަބަށް ލަފާދިނުމަށް ކްލަބުގެ ބޯޑުންވަނީ، ދުނިޔޭގެ އެންމެ އަގުބޮޑު އެތްލީޓުގެ ގޮތުގައި އެ ކްލަބަށް ގެނެސްފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމަށް އެދިފައެވެ. އަދި ރޮނާލްޑޯގެ ފަރާތުން ކްލަބަށް ހުށަހަޅާފައިވާ ދެ ނަމަކީ، ކުރިން ރޮނާލްޑޯއާއެކު ގިނަ ދުވަސްތަކެއް މަސައްކަތްކޮށްފައިވާ ޒައިނުއްދީން ޒިދާން އަދި ހޯސޭ މޮރީނިއޯއެވެ. 

ޒިދާންއާ މޮރީނިއޯއަކީވެސް ރިއާލް މެޑްރިޑުގައި ރޮނާލްޑޯއާއެކު މަސައްކަތްކޮށް އެތައް ކާމިޔާބެއް ހޯދާފައިވާ ކޯޗުންނެވެ. މޮރީނިއޯ މިވަގުތު ހުރީ އިޓަލީގެ ރޯމާގެ ކޯޗަކަށެވެ. ޒިދާން މި ވަގުތު ހުރީ އެއްވެސް ކްލަބެއްގެ ކޯޗެއްގެ ގޮތަކު ނޫނެވެ. 

ރިޕޯޓްތައް ބުނާ ގޮތުން މިއިން ކޮންމެ ކޯޗެއް އަލްނަސްރަށް ގެނައި ނަމަވެސް އެ ކޯޗެއް ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކޯޗަށެވެ. 

ރޮނާލްޑޯގެ ޝޯޓްލިސްޓަށް މޮރީނިއޯއާ ޒިދާން އަރާފައިވާއިރު، އިޓަލީގެ ރޯމާއަށް ކޯޗު ކޮށްދޭ، ޕޯޗުގަލްގެ ހޯސޭ މޮރީނިއޯއަށް ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ކޯޗުކަންވެސްވަނީ ހުށަހަޅާފައި ކަމަށް މި ފަހުން ރިޕޯޓްތައް އާއްމުވިއެވެ. އެ މަގާމަށް އައުމަށް 100 މިލިއަން ޕައުންޑަށްވުރެ ބޮޑު މުސާރައެއް މޮރީނިއޯއަށްވަނީ ހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް