ads
ސްރީލަންކަން ގްރީން ބީން ކަރީ
ސީއެންއެމް ބަދިގެ: ސްރީލަންކަން ގްރީން ބީން ކަރީ
ތިރީގައި މިވަނީ ސްރީލަންކަން ގްރީން ބީން ކަރީ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 3 މޭޒުމަތީ ސަމްސާ ކާށި ތެޔޮ
  • 2 ސައިސަމްސާ ކަޅު ކޮތަނބިރި
  • 2 ހިކަނދިފަތް
  • 2 ފެހި ތޮޅިމިރުސް (މިރުހުގެ ދިގުމިނަށް ފަޅިކޮށްލާފައި)
  • 1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ސައިސަމްސަ ލޮނު
  • 1 ސައިސަމްސާ ރީންދޫ
  • ފޮނިތޮށިކޮޅެއް
  • 3-4 ފެހި ތޮޅި (ދެކޮޅު ކަނޑާލާފައި، މެދުން ފަޅާލާފައި)
  • 1 ސައިސަމްސާ މުގުރި އަސޭމިރުސް
  • 1 ސައިސަމްސާ މުގުރާފައިހުރި ދިރި
  • 3/1 ޖޯޑް ކާށިކިރު
  • 1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
  • މުގުރާފައިހުރި ދިވެހި ހިކިމަސް (ބޭނުންފުޅުނަމަ، ކައްކާ ނިމުމަށްފަހު މައްޗަށް އަޅާލަން) 

ތައްޔާރުކުރާނެ ގޮތް: 

  1. ބޮޑު ތަވަޔަކަށް ތެޔޮފޮދު އަޅާއިލުމަށްފަހު ހޫނުކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް ކަޅުކޮތަނބިރި، ހިކަނދިފަތް، ފަޅިކޮށްލާފައި އޮތް މިރުސް، އަދި ފިޔާ އަޅާލުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. އަދި އެތަކެތި ރޯފިލާވަރު ވަންދެން ކައްކާލާށެވެ.
  2. އެއަށްފަހު އޭގެތެރެއަށް ލޮނު ރީންދޫ އަދި ފޮނިތޮށި އެޅުމަށްފަހު މަޑުމަޑުން ހަލަމުން، އޭގެ ތެރެއަށް ތޮޅިކޮޅު އަޅާލާފައި ހުރިހައި އެއްޗެއް އެއްވަންދެން ކައްކާލާށެވެ. ދެން ގިނި މަޑުކޮށްލާށެވެ. ފުލުގައި ހިފުމުން ދުރުކޮށްލުމަށް އޭގެތެރެއަށް ފެންފޮދެއް ބުރުވާލާށެވެ. އެއަށްފަހު 6-4 މިނެޓް (ތޮޅިތަކަށް ގަދަފެހިކުލަ އަރާވަރަށް) ކައްކާލާށެވެ. ދެން އަސޭމިރުހާއި ދިރިއާއި ކާށިކިރު އަޅާލުމަށްފަހު 2-1 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު އޭގެތެރެއަށް ލުނބޯހުތް އަޅާލުމުން ކައްކާ ނިމުނީއެވެ.
  3. ކެއްކި އެއްޗެހި ތައްޓަކަށް އަޅައިލުމަށްފަހު ބޭނުންފުޅުނަމަ މުގުރާފައިހުރި މަސް ބުރުވާލާފައި ގާނިޝްކޮށްލެވިދާނެއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް