ads
ދަގަނޑޭ
ދަގަނޑޭ އެނބުރި އައުން ބޮޑު މޮޅަކުން
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު- ދަގަނޑޭ ކްލަބު ފުޓްބޯޅައާ އަހަރެއްހާ ދުވަހު ދުރުގައި ހުރުމަށް ފަހު އަލުން އެނބުރި އައިސް އާ ކްލަބު ސުޕަރ ޔުނައިޓެޑުގެ ޖޯޒީގައި ކުރީގެ ކްލަބު ވެލެންސިޔާ ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ދަގަނޑޭގެ ކެޕްޓަންކަމުގެ ދަށުގައި ސަސްއިން ވެލެންސިޔާ ބަލިކުރީ ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. 

މި މެޗުގައި ދަގަނޑޭވަނީ ދެ ލަނޑު ޖަހާފައެވެ. ގުރޫޕް އޭ ގެ މި މެޗުން ތަފާތު ބޮޑުކޮށް މޮޅުވުމާއެކު ސަސް އަށް ވަނީ އެ ގުރޫޕުން ސެމީގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. 

ދެވަނަ މެޗުގައި އެ ޓީމު ކުޅެން ޖެހޭނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ގްރޫޕުގައި ތިން ޓީމު ހިމެނޭއިރު ދެ ޓީމު ސެމީއަށް ކޮލިފައިވާނެއެވެ.

ސަސް އިން މެޗުގައި ލީޑު ނެގީ ހަތަރުވަނަ މިނިޓުގައި، ދަގަނޑޭ ޖަހައިދިން ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އިބްރާހިމް އަތީގު ހަސަން (އިއްބެ) އެވެ. މެޗުގެ 58 ވަނަ މިނިޓުގައި ސަސްގެ ތިންވަނަ ލަނޑު ޖެހީ މުހައްމަދު ޝަހާއު (ބޭލް) އެވެ. ސަސްގެ ހަތަރުވަނަ ގޯލު ޖަހައިދިނީވެސް ދަގަނޑޭއެވެ. އަދި ފަހު 83 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ހަމީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް