ads
ހަކީމީ އޭނާގެ ވަރިކުރިފުޅާއެކު
ހަކީމީގެ ވަރިކުރިފުޅަށް ބޮޑު ލޮޓިއެއް
ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ، މޮރޮކޯގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީގެ މިލްކިއްޔާތުން ބޮޑު ބައެއް ހޯދަން މަސައްކަތް ކުރި އޭނާގެ ކުރީގެ އަނބިމީހާއަށް ބޮޑު ލަނޑެއް ލިބިއްޖެއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން، ހަކީމީގެ މައްޗަށް ކުރެވުނު ރޭޕުގެ ތުހުމަތާއެކު އޭނާ ކައިރިން ވަރިވެ އޭނާގެ އަންހެނުން ހިބާ އަބޫކް ކޯޓު މެދުވެރިކޮށް މަސައްކަތް ކުރީ ހަކީމީގެ މިލްކިއްޔާތުގެ ދެބައި ކުޅަ އެއްބައި ހޯދާށެވެ. 

އެހެންނަމަވެސް ހަކީމީގެ ހުރިހާ މިލްކިއްޔާތެއް ކުރިއްސުރެ ހުރީ އޭނާގެ މަންމަގެ ނަމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕީއެސްޖީން އޭނާއަށް ލިބޭ މުސާރަވެސް ޖަމާވަމުން ދިޔައީ މަންމަގެ އެކައުންޓަށް ކަމަށްވެއެވެ. ހަކީމީ އަކީ އޭނާގެ މަންމަ ފާތިމާދެކެ ވަރަށް ލޯބިވާ ކުޅުންތެރިޔެކެވެ. ވޯލްޑް ކަޕުގައިވެސް  ކޮންމެ މެޗަކަށް ފަހު އޭނާ މަންމައާ އެކު އުފާފާޅުކުރެ އެވެ.

ހަކީމީ ކައިރިން ހިބާ ވަރިވާން މަސައްކަތް ފެށީ، އުމުރުން 24 އަހަރަކުގެ އަންހެނަކު ހަކީމީގެ މައްޗަށް ކުރި ރޭޕުގެ ތުހުމަތާއެކުއެވެ. 

ވަރިއަށް ފަހު ހިބާ ކޯޓުގައި އެދުނީ ހަކީމީގެ މިލްކިއްޔާތުގައިވާ މުދަލާއި އެކައުންޓުގައި ހުރި ފައިސާގެ 50 ޕަސެންޓް އޭނާ އަށް ނަގައިދިނުމަށެވެ. އެހެންމަވެސް ކޯޓުން ބެލިއިރު، ހަކީމީގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ. މިއާއެކު މި ކަންވަނީ މުޅި މީޑިއާގެ ސަމާލު ކަމަށް އައިސްފައެއެވެ. ޕީއެސްޖީން ހަކީމީއަށް މަހަކު މިލިއަނެއްހާ ޑޮލަރުގެ މުސާރައެއް ލިބޭއިރު، އެ ހުރިހާ ފައިސާއެއްވެސް ދަނީ ސީދާ ހަކީމީގެ މަންމަގެ އެކައުންޓަށް ކަމަށްވެއެވެ.

90%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް