ads
ޕްރެޒިޑެންޓްސް ކަޕުގައި ޓީސީގެ ފުރަތަމަ މެޗަށް ނުކުތް ޓީމު
މޮޅުވާން މަޖުބޫރު މެޗަކަށް ޓީސީ، ކުރީގެ ކޯޗާ ދެކޮޅަށް
ޕްރެޒިޑެންޓްސް ކަޕުގައި، މޮޅުވާން މަޖުބޫރު މެޗަކަށް ޓީސީ ސްޕޯޓްސް، އެ ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް- ނިޒާމްބެއާ ދެކޮޅަށް މިރޭ ނުކުންނާނެއެވެ.

ޓީސީއަށް ދިވެހި ލީގު ހޯދައިދިން ކޯޗު ނިޒާމްބެ ކޯޗުކޮށްދޭ، އެއްވަނަ ޑިވިޝަނަށް މުޅިން އާ ބުރު ސްޕޯޓްސްއާ ދެކޮޅަށް މިރޭ ޓީސީ ޕްރެޒިޑެންޓްސް ކަޕުގައި ކުޅޭ މެޗުން ޓީސީ މޮޅުވާން މަޖުބޫރުވަނީ ފުރަތަމަ މެޗުގައި އެ ޓީމު މާޒިޔާ އަތުން ބަލިވެފައިވާތީއެވެ. 

ޕްރެޒިޑެންޓްސް ކަޕުގައި ކޮންމެ ގްރޫޕެއްގައި ތިން މެޗު ހިމެނޭއިރު، ފުރަތަމަ މެޗުން ބަލިވެފައިވާތީ މިރޭގެ މެޗުން މޮޅުވެގެން ނޫނީ ޓީސީއަށް މުބާރާތުގެ ސެމީއަށް ދެވޭނެ ގޮތެއް ނެތެވެ.

މިރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓީސީގެ ކޯޗު އަހުސަން ރަޝީދު ބުނީ ފުރަތަމަ މެޗާ ހިލާފަށް މި މެޗުގައި ޓީސީ އަށް ގޭމް ޕްލޭން ބަދަލުކުރަން މަޖުބޫރު ކަމަށާއި ޓީސީ މި މެޗުގައި ކުޅޭނީ މޮޅުވާން ކަމަށެވެ.

"މި މެޗު ކޮންމެގޮތެއް ވިޔަސް ކުރިން ކުޅުނު މެޗާ ހިލާފަށް އެޓޭކް ކުރަން ޖެހޭނެ. ކުރިއަށްދާން ބޭނުމިއްޔާ. އެގޮތަށް މި ވިސްނަނީ، މޮޅުވާން ހަމަ" އަހުސަން

ޓީސީއަށް ކުރިން ކޯޗުކޮށްދިން ނިޒާމްބެއާ ދެކޮޅަށް ޓީސީ މިރޭ ނުކުންނައިރު، ޓީސީގައި ނިޒާމްބެ މަސައްކަތް ކުރިއިރު އެކުގައި މަސައްކަތް ކުރި ކުޅުންތެރިން އެ ޓީމުގައި ތިބުމަކީ ނިޒާމްބެއަށް އޮތް އެޑްވާންޓޭޖެއް ކަމަށްވެސް ކޯޗު ބުންޏެވެ ޓީސީ ތައްޔާރުވާނީ މި ކަންކަމަށް ފަރުވާ ބަހައްޓައިގެން ފުރަތަމަ ޑިވިޝަނުގައި ޓީސީ އަށް ގިނަ ކާމިޔާބީތައް ހޯދައިދިން ކޯޗު ނިޒާމްބެ އަށް އިހުތިރާމް ދީގެން ކަމަށް ކޯޗު ބުންޏެވެ.

ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބް ކުޅޭ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް