ads
ސަސް- ވެލެންސިޔާ މެޗުގެ ތެރެއިން
ކުޅުންތެރިންގެ އެޓިޓުއުޑާ މެދު ހިތްހަމަ ޖެހޭ: އިންމަ
ޕްރެޒިޑެންޓްސް ކަޕުގެ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ އުޅުނު ނަމަވެސް ކުޅުންތެރިންގެ އެޓިޓިއުޑާ މެދު ހިތްހަމަ ޖެހޭ ކަމަސް، ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރި ސުޕަރ ޔުނައިޓެޑުގެ ކޯޗު އިސްމާއިލް މަހްފޫޒު- އިންމަ ބުނެފިއެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް – ސަސް ވަނީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިޔާ އަތުން ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ހުކުރު ދުވަހުގެ މެޗު ކާމިޔާބުކޮށްފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން، ސަސްގެ ކޯޗު އިންމަ ބުނީ، ކުޅުންތެރިންގެ ކޮންޑިޝަނާ ބަލާއިރު ހުރިހާ ކުޅުންތެރިންވެސް ރަނގަޅަށް ކޮންފިޑެންސާއެކ ކުޅުނު ކަމަށެވެ.

މެޗު ރަނގަޅު، ރަނގަޅު ނަތީޖާއެއް މި ލިބުނީވެސް. ޕްލެޔަރުންގެ މި ވަގުތު ހުރި ކޮންޑިޝަނާ ބަލާފަ ހަމަ ރަނގަޅަށް ކޮންފިޑެންސާއެކު ޕްލެޔަރުން ކުޅުނު، އެހެންވެ އެ ޕާފޯމަންސަށް ބަލަންޏާ މުޅި ގޭމުގެ ޕާފޯމާންސް އޯވަރޯލްކޮށް ރަނގަޅު. އެހެންނަމަވެސް އެންމެ ރަނގަޅަށް ތައްޔާރުވެފައި ނުވަތީ ފިޓްނަސްގެ މައްސަލަ އެބައުޅޭ، އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް. އެކަމަކު ނަތީޖާއާ މެދުވެސް ކުޅުންތެރިންގެ އެޓިޓިއުޑާމެދުވެސް ހިތްހަމަ ޖެހޭ. - އިންމަ

ހުކުރު ދުވަހުގެ ރޭ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭގެ ކެޕްޓަންކަމުގެ ދަށުގައި ސަސްއިން ވެލެންސިޔާ ބަލިކުރީ ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ދަގަނޑޭވަނީ ދެ ލަނޑު ޖަހާފައެވެ. ގުރޫޕް އޭ ގެ މި މެޗުން ތަފާތު ބޮޑުކޮށް މޮޅުވުމާއެކު ސަސް އަށް ވަނީ އެ ގުރޫޕުން ސެމީގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ.  ދެވަނަ މެޗުގައި އެ ޓީމު ކުޅެން ޖެހޭނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ގްރޫޕުގައި ތިން ޓީމު ހިމެނޭއިރު ދެ ޓީމު ސެމީއަށް ކޮލިފައިވާނެއެވެ.

ސަސް އިން މެޗުގައި ލީޑު ނެގީ ހަތަރުވަނަ މިނިޓުގައި، ދަގަނޑޭ ޖަހައިދިން ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އިބްރާހިމް އަތީގު ހަސަން (އިއްބެ) އެވެ. މެޗުގެ 58 ވަނަ މިނިޓުގައި ސަސްގެ ތިންވަނަ ލަނޑު ޖެހީ މުހައްމަދު ޝަހާއު (ބޭލް) އެވެ. ސަސްގެ ހަތަރުވަނަ ގޯލު ޖަހައިދިނީވެސް ދަގަނޑޭއެވެ. އަދި ފަހު 83 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ހަމީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް