ads
ކްލަބު ވެލެންސިޔާ
އުއްމީދު ކުރި ނަތީޖާ ނޫންނަމަވެސް މިހެން ވެދާނެކަން އެނގޭ: ފެސްކޯ
ޕްރެޒިޑެންޓްސް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިޔާ، އެ ޓީމުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބަލިވި ބަލިވުމަކީ ކުރިން އުއްމީދު ކުރި ނަތީޖާއެއް ނޫން ނަމަވެސް އެ ފަދަ ނަތީޖާއެއް ނުކުމެދާނެކަން ކުރިން އެނގޭ ކަމަށް ކޯޗު އަހްމަދު މުޖްތަބާ- ފެސްކޯ ބުނެފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކްލަބު ވެލެންސިޔާވަނީ، އެ ޓީމުން ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު މެޗުގައި ރޭ ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ބަލިވެފައެވެ. ބޮޑު ތަފާތަކުން ވެލެންސިޔާ ބަލިވިނަމަވެސް ފެސްކޯ ބުނީ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުމެއް ނެތް ކަމަށެވެ. ފެސްކޯ ކުރިންވެސް ފާހަގަ ކުރީ ޓީމުގެ ޒުވާން ކަމާއި ތަޖުރިބާ މަދު ކަމެވެ.

އަޅުގަނޑުމެން ހަގީގަތުގައި އެކްސްޕެކްޓެއް ނުކުރަން މި ނަތީޖާއަކަށް. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ މި ކަހަލަ ނަތީޖާއެއް އައިސްދާނެކަން. މި ކަހަލަ ނަތީޖާއެއް ނުކުމެދާނެ ކަމަށް ކަލްކިއުލޭޓްވެސް ކުރިން. އެކަމަކު މި ނަތީޖާއާ މެދު ޑިސަޕޮއިންޓެއް ނޫން، އެކަމަކު ސްކޯލައިން ތަންކޮޅެއް ބޮޑު އަޅުގަނޑަށް

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ދިފާއު ނުކުރެވޭނެ ކަމަށާއި ނަމަވެސް ހިތްހަމަ ޖެހޭވަރުގެ ޒުވާން ސްކޮޑެއް ލިބިފައި އެބަ އޮތް ކަމަށް، ޑިފެންޑިން ޗެމްޕިއަން ވެލެންސިޔާގެ ކޯޗު ކުރިންވެސްވަނީ ބުނެފައެވެ.

"ވެލެންސިއާގެ މި ފަހަރުގެ ހަގީގަތަކީ ތަށި ދިފާއު ކުރެވޭ ފެންވަރެއް ހަގީގަތުގައި ޓީމުގައެއް ނެތް، އޭގެ މާނަ އަކީ އެ ކަމަށް މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. ވެލެންސިއާ ނުއެއް ނުކުންނާނެ ހުރިހާ މެޗަކުން ބަލިވާކަށެއް، ހަމަ ކުޅެލަން ނުކުންނާނެ ބައެއް ނޫން ވެލެންސިއާ އަކީ،" ފެސްކޯ

ވެލެންސިޔާ ޕްރެޒިޑެންޓްސް ކަޕުގައި ދެން ކުޅޭ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭއެވެ. ހޯމަ ދުވަހުގެ ރޭ ވެލެންސިޔާ ކުޅޭނީ އީގަލްސްއާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް