ads
ފަޅުރަށެއް: ޖެނުއަރީ މަހު ރިސޯޓު ހެދުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ދެ ރަށަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައި - ފޮޓޯ:ޓީޓީއެމް
ރިސޯޓު ހެދުމަށް ހުޅުވާލި ދެ ރަށަކަށް ބޮޑު ތަރުހީބެއް
މި އަހަރުގެ ޖެނުއަރީ މަހު ރިސޯޓު ހެދުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ދެ ރަށަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ބިޑަށް ހުޅުވާލި 13 ރަށުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ހއ. އަލިދުއްފަރުފިނޮޅާއި ތ. އޮޅުފުއްޓަށް ކަމަށެެވެ. އެ މިނިސްޓްރީން ބުނީ އޮޅުފުށި ދޫކުރުމަށް ނިންމާފައިވަނީ އޮޅުފުށި ފިނޮޅާ އެކުގައި ކަމަށެވެ. އަލިދުއްފަރުފިނޮޅަށް ފަސް ފަރާތަކުން ބިޑް ހުށަހަޅާފައިވާއިރު، އޮޅުފުއްޓަށް ތިން ފަރާތުން ބިޑް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

  • އަލިދުއްފަރުފިނޮޅު - ލީޒް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި އެންމެ މަދުން ދައްކަން ޖެހޭ އަދަދަކީ 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ)، ހުޅުވާލި އެކުއިޒިޝަން ކޯސްޓަށް ވުރެ 585.7 އިންސައްތަ އިތުރަށް ވަނީ ހުށަހަޅާފައި
  • އޮޅުފުށި - ލީޒް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި އެންމެ މަދުން ދައްކަން ޖެހޭ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 700،000 ޑޮލަރު (10.7 މިލިއަން ރުފިޔާ)، ކަނޑައަޅާފައިވާ އަގަށް ވުރެ 114.2 އިންސައްތައަށްވުރެ މަތީ އަދަދެއް ހުށަހަޅާފައިވޭ    

ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލި ރަށްތަކާއި ފަޅުތަކަކީ:

  • ހއ. އަލިދުއްފަރުފިނޮޅު
  • ހއ. މެދަފުށި
  • ހދ. ކުޑަފަރުފަސްގަނޑު
  • ރ. އެއްތިގިލި (ރ އަލިފުށި ފަޅުން 10 ހެކްޓަރާ އެކު، 10.90 ހެކްޓަރު)
  • ކ. ކާށިދޫ ފަޅުގެ ސަރަހައްދުން ބައެއް
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 1
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 2
  • ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާ އެކު (ތ. އޮޅުފުށިން ތިން ހެކްޓަރު އަދި އޮޅުފުށި ފިނޮޅުން 0.54 ހެކްޓަރު)
  • ގއ. ބޭރަމައްޑޫ
  • ގއ. ފުނަދޫވިލިގިއްލާ
  • ގދ. ކަޅެހުއްޓާ
  • ގދ. ހާދުވާ
  • ގދ. ފެރޭތަ ވިލިނގިލި (ދެކާންބާއިން 2.39 ހެކްޓަރު، ކޮޑެރަޓާ 2.5 ހެކްޓަރު އަދި އެހެން ރަށަކުން 2.97 ހެކްޓަރު)

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވާ ގޮތުގައި ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓް ފެށޭ އަގު އުޅެނީ ދެ ލައްކަ ޑޮލަރު (ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ) އާއި 2.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ) އާ ދެމެދުގައެވެ. 

  • އިކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކ. ކާށިދޫ ފަޅާއި ފ. ނިލަންދޫ ފަޅަށް
  • އެ ދެ ފަޅުގެ ފެށޭ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2.3 މިލިއަން ޑޮަލަރު (ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ)
  • އެންމެ ކުޑަ އަގު ކަނޑައަޅާފައިވަނީ ހދ. ކުޑަފަރުފަސްގަނޑަށް، ފެށޭ އަގަކީ ދެ ލައްކަ ޑޮލަރު (ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ)    

ރަށްތައް ވިއްކުމުގައި 60 އިންސައްތަ ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ކަމަށްވާއިރު، ތިމާވެއްޓާއި ގުޅުންހުރި ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމުގެ އިތުރުން އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ މިންވަރަށް ބަލައި ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް