ބޭނުންވާ ތަކެތި:
3 ބިހުގެ ހުދު ބައި
200 ގްރާމް ޗީޒް (ގާނާފައި)
2.5 މޭޒުމަތީ ސަމުސާ ފުށް
ވެޖިޓަބަލް އޮއިލް
ތައްޔާރު ކުރާނެ ގޮތް:
އިލެކްޓްރިކް މިކްސަރަކުން ބިހުގެ ހުދުބައި ރަނގަޅަށް މިކްސް ކުރާށެވެ. އޭގެ ތެރެއަށް ޗީޒް އާއި ފުށް އަޅާފައި މިކްސް ކުރާށެވެ. އަވަން 160 ޑިގްރީ ސެލްސިއަސް އަށް ޖައްސާށެވެ. ތަވާގެ މެދާ ހަމައަށް ވެޖިޓަބަލް އޮއިލް އަޅާފައި ހޫނުކުރަން ޖައްސާށެވެ. ސައިސަމުސަލަކުން ޗީޒް މިކްސް ނެގުމަށް ފަހު ފަހަރަކު ބައެއް ތެޔޮ އެތި ތެރެއަށް ލާށެވެ. ރަނގަޅަށް ކްރިސްޕީ ވަންދެން 1-2 މިނެޓު ތެލުލާށެވެ. އެއަށްފަހު އަވަން ޓްރޭ ނުވަތަ ވަޔާ ރެކްގައި އެތުރުމަށްފަހު އަވަނުގައި ހޫނުކުރަން ބައިންދާށެވެ.
ސާވްކުރަން ވާނީ ހޫނުކޮށް ހުއްޓަ އެވެ.