ބައި އިލެކްޝަންގައި ވޯޓުލުން ކުރިއަށްދަނީ ގުރައިދޫ، މާފުށި، ގުޅީގެ އަދި މާލެ ސިޓީގައެވެ. މި އިންތިހާބުގައި ވޯޓްލުމަށް ހަ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ބައި އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙިމް ޝާޒްއާއި ޕީޕީއެމްގެ ކެނޑިޑޭޓް ހުސައިން ރިޒާ އަދި އެމްއެންޕީގެ ކެނޑިޑޭޓް އަލީ އާރިފެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމުންނެވެ. މި އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ހުސައިން ރިޒާއަކީ އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ.