ads
ބުރު - ޓީސީ މެޗަށް ފަހު
ބުރަށް އުނދަގޫ ފެށުމެއް، ޓީސީއަށް އުއްމީދެއް
ޕްރެޒިޑެންޓްސް ކަޕްގައި މުޅިން އަލަށް ވާދަކުރި ބުރު ސްޕޯޓްސް، ޓީސީ އަތުން ބަލިވެ އުނދަގޫ ގޮތަކަށް މުބާރާތް ފަށަން ޖެހިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބުރު، ޓީސީ އަތުން ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި ނަތީޖާއާއެކު ސެމީ ފައިނަލްގެ އުއްމީދެއް ޓީސީއަށް ލިބިފައިވާއިރު، ބުރަށް ޖެހޭނީ ފަހު މެޗުގައި މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދާށެވެ. ޓީސީ ފުރަތަމަ މެޗުގައި މާޒިޔާ އަތުންވަނީ ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މެޗަކީ ޓީސީއަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން އެޓީމު ބަލިވީ 2-0 އިންނެވެ. ގުރޫޕް ބީގެ ފަހު މެޗުގައި މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބުރު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

މި މެޗުގައި ޓީސީ އިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 47 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ އައިހަމް ހަމްދޫން އެވެ. އޭނާ ވަނީ ހާފު މެދަކާ ހަމައިން މުޅިން ހުސްކޮށް ބޯޅަ ހޯދައިގެން ކުރިއަށް އަރައި ހަމަޖެހިލައިގެން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް