ads
ފިލްމީތަރި އައްޒަ
އައްޒަގެ ފައިގެ ނިޔަފަތި ގަނޑެއް ނެއްޓިއްޖެ
ދިވެހި ފިލްމީ ތަރި މަރިޔަމް އައްޒަގެ ފައިގެ ނިޔަފަތިގަނޑެއް ނެއްޓިއްޖެކަމަށް އޭނާ ހާމަކޮށްފިއެވެ.

ނިޔަފަތިގަނޑު ނެއްޓުނުތަން ހިއްސާކުރަމުން އައްޒަ ބުނެފައިވަނީ "ބައިބައި ނިޔަފަތި" މިހެނެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ނިޔަފަތިގަނޑު ނެއްޓުނީ ފިލްމު އެސޯސިއޭޝަނުން ހޮނިހިރު ދުވަހު ރާވައިގެން ބޭއްވި މަސް ދަތުރުގެ ތެރެއިންނެވެ. ބެލެވޭ ގޮތުގައި އެ ނިޔަފަތިގަނޑަކީ ކުރިން ވެސް އަނިޔާވެފައި އިން ނިޔަފަތިގަނޑެކެވެ. 

your imageނިޔަފަތިގަނޑު ނެއްޓިގެން އައްޒަލީ ވީޑިއޯގެ ސްކްރީން ޝޮޓެއް

ނިޔަފަތިގަނޑު ނެއްޓުނުނަމަވެސް، މަސް ދަތުރުރުގައި ވަރަށް ހަރަކާތްތެރިކޮށް އައްޒަ އުޅުނު މަންޒަރު ފެނުނެވެ. އަދި އެންމެ ގިނައިން މަސް ބޭނި މީހުންގެ ތެރޭގައި ވެސް އައްޒަ ހިމެނެއެވެ. 

ނިޔަފަތިގަނޑަށް އަނިޔާވީ ކީއްވެކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ދާދިފަހުން އައްޒަ ވަނީ ފިލްމު އެސޯސިއޭޝަނުން ބޭއްވި ފުޓުބޯޅަ މުބާރާތެއްގައިވެސް ބައިވެރިވިއެވެ. 

ނިޔަފައްޗަށް އަނިޔާވީ ކީއްވެތޯ ސުވާލުކުރިނަމަވެސް، އަދި އައްޒަގެ ޖަވާބެއް އަދި ނުލިބެއެވެ. 

އައްޒައަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ސަޕޯޓަރުން އެންމެ ގިނަ އެއް ފަންނާނެވެ. އޭނާއަށް ލިބުނު މި އަނިޔާއާއެކު އެނާގެ ބައެއް ފޭނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

19%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް