ads
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން--
31 ސިޔާސީ މުވައްޒަފުން އުޅެނީ ހަމައެކަނި މިނިސްޓްރީއަކު ނޫން: ހެރިޓޭޖް
31 ސިޔާސީ މުވައްޒަފުން އުޅެނީ ހަމައެކަނި މިނިސްޓްރީގައި ނޫންނަކަމަށް ބުނެ، މިިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން ރައްދު ދީފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ގައި 31 ސިޔާސީ މުވައްޒިފުން މަސައްކަތްކުރަމުންދާ ކަމަށްބުނެ ބައެއް މީޑިއާ ތަކުގައި ކޮށްފައިވާ ރިޕޯޓަކަށް ރަށްދު ދެއްވައި، ހެރިޓޭޖް މިނިސްޓްރީއިން މީޑިއާތަކަށް މިއަދި ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، 31 ސިޔާސީ މުވައްޒިފުން ތިބެނީ ހަމައެކަނި މިނިސްޓްރީގައި ނޫންކަމަށާއި، ސިޔާސީ ބޭފުޅުން އައްޔަނުކުރެވިފައިވަނީ ފަންނާއި، ސަގާފަތާއި އަދި ތަރިކައިގެ ދާއިރާއަށް ކަމަށެވެ.

މިގޮތުން ފަންނާއި، ސަގާފަތާއި އަދި ތަރިކައިގެ ދާއިރާގައި މިނިސްޓްރީގެ އިތުރުން 6 އިދާރާއެއް ހިމެނޭކަމަށާއި އޭގެ ތެރޭގައި ހިމެނެނީ:

  • ދިވެހިބަހުގެ އެކެޑަމީ
  • ގައުމީ އަރުޝީފު
  • ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް
  • ސަގާފި ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު
  • ގައުމީ ކުތުބުހާނާ
  • ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން

މީގެއިތުރުން، މިއިދާރާތަކުގެ ދަށުން 6 ތަނެއް ހިންގަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ:

  • ގައުމީ ދާރުލްއާސާރު
  • ހުވަދޫ ރީޖަނަލް މިއުޒިއަމް
  • ބޮޑުތަކުރުފާނުންގެ ހަދާނީ މަރުކަޒު
  • ޗިލްޑްރަންސް މަލްޓިމީޑިއާ ލައިބްރަރީ
  • އޮލިމްޕަސް
  • ނޭޝަނަލް އާޓް ގެލެރީ

އެމިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ސިޔާސީ މުވައްޒިފުން މަސައްކަތްކުރަމުންދަނީ މި 13 އިދާރާގައި ރާއްޖޭގެ އެކިހިސާބުތަކުގައި ކަމަށާއި، ސިޔާސީ މަގާމްތަކަށް އައްޔަނުކޮށްފައި ތިބީ މިދާއިރާގެ އެކިރޮގުރޮގުން އަމަލީގޮތުން އެމަސައްކަތުގައި އުޅެ، ތަޖުރިބާލިބިފައިވާ ފަރާތްތަކެއްކަމަށްވެސް ހެރިޓޭޖް މިނިސްޓްރީއިން ބުނެފައިވެއެވެ.

މިމައުލޫމާތާއެކު މީޑިއާތަކަށް ހެރިޓޭޖް މިނިސްޓްރީއިން ވަނީ އެމިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ސިޔާސީ މުވައްޒިފުންގެ މައުލޫމާތު ހިމެނޭ ލިސްޓުގައިވާގޮތުން، އެ މިނިސްޓްރީގެ ދަށުން ހިންގާ އެކި އެިދާރާތަކުގައި 5 މުޝީރުން ތިއްބަވާއިރު، ސްޓޭޓް މިނިސްޓްރުގެ މަގާމުގައި 1 ބޭފުޅަކު، މިނިސްޓަރުންގެ ނާއިބުންގެ މަގާމުގައި 4 ބޭފުޅަކު، ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި 1 ބޭފުޅަކު، ސީނިއާ ޕޮލިސީ ޑިރެކްޓަރުންގެ މަގާމުގައި 1 ބޭފުޅަކު، ކަލްޗަރަލް ހެރިޓޭޖް ޑައިރެކްތަރުގެ މަގާމުގައި 1 ބޭފުޅަކު، ރިސާޗް އެނަލިސްޓުގެ ގޮތުގައި 2 ބޭފުޅަކު، ސީނިއަރ އެކްޒެކެޓިވް ޑައިރެކްޓަރުންގެ ގޮތުގައި 10 ބޭފުޅަކު، އެކްޒެކެޓިވް ޑައިރެކްޓަރުގެ ގޮތުގައި 1 ބޭފުޅަކު އަދި މުދީރުގެ މަގާމުގައި 1 ބޭފުޅަކު ތިއްބަވައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް