ads
އެންސީއައިޓީ
އެންސީއައިޓީން 500 ރުފިޔާ ވަގަށް ނެގި މީހަކު ޖަލަަށް
ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ - އެންސީއައިޓީއަށް ވަދެ، އެތާގެ މޭޒެއްގެ ވަތްގަނޑުގައި އޮތް 500 ރުފިޔާއާއި ސަމްސަން ފޯނެއް ވަގަށް ނެގި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެންސީއައިޓީން ވައްކަން ކޮށްގެން މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ޖަލަށްލާން ހުކުމް ކުރި މީހަކީ، ސ. ހިތަދޫ ދެކުލަ އަރާގެ މުހައްމަދު އަސްލަމްއެވެ. 

މުހައްމަދު އަސްލަމްގެ މައްޗަށް މި މައްސަލައިގައި ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ ވައްކަމުގެ ދައުވާއަކާ މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. ދައުލަތުން ދައުވާ ކުރި ދެ މައްސަލަައިގައިވެސް ޝަރީއަތުގައި އަސްލަމްވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން ކޯޓުގައި މި މައްސަލަތައް ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ގާޒީ ހުސެއިން ފާއިޒް ރަޝާދުއެވެ. 

ދެ މައްސަލައިގެ ތެރެއިން މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ އަސްލަމްގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ. އެހެންނަމަވެސް ގާޒީވަނީ މި ހުކުމުން އެއް މަސް ދުވަހުގެ ޖަލު ހުކުމް، 160 ގަޑިއިރުގެ މުޖުތަމައަށް ހިދުމަތް ކޮށްދިނުމުގެ އަދަބަކަށް ބަދަލުކޮށްފައެވެ. 

އަސްލަމްގެ މައްޗަށް ކުރެވުނު ވައްކަމުގެ ކުށުގެ ހުކުމަކަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. މި ހުކުމުން، ހަތަރު މަހުގެ ޖަލުގެ ބައިވަނީ 640 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަކަށް ބަދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް