އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރޯގާ ޖެހި، ކެއްސާ ކިނބިހި އަޅާ މީހުންނާއި، ކެރެންޓީނުކޮށްފައިވާ ރަށަކަށް ގޮސްފައިވާ މީހުން ވެސް މިސްކިތަށް ނުދިޔުމަށް އެދޭ ކަމަށެވެ.
"ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަ ނަމަ މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އެ ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން ﷲ އަށް ވަކީލުކޮށް ދުއާކުރުން އިތުރު ކުރުމަށް އެދޭ ކަމަށާއި، އިލްމުވެރިންގެ ލަފައާއެކު އެ ދަނޑިވަޅަކަށް މުހިއްމު ދީނީ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ހުރިހާ ފަރުޟު ނަމާދަކަށް ފަހު ގުނޫތު ކިޔުމަށް ވެސް އަންގާފަ އެވެ.