ads
ކޮވިޑް ބަލީގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން
ކޮވިޑް ޖެހިގެން މަރުވިކަމަށް ދެ އަހަރު ކުރިން ނިންމި މީހަކު ދިރިހުއްޓާ ފެނިއްޖެ
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ 40 އަހަރުގެ ފިރިހެނަކު 2021 ވަނަ އަހަރު އަދި ކޮވިޑު19 ގެ އާލަމީވަބާގެ ދެ ވަނަ ރާޅުައި މަރުވިކަމަށް ނިންމާފައިވަނިކޮށް އޭނާ އަލުން އެނބުރި ގެއަށް އަތުވެއްޖެެވެ.
Advertisement

މަރުވިކަމަށް ނިންމާފައިވާ މި މީހާ ހޮނިހިރު ދުވަހު އެނބުރި މަދްޔަ ޕްރަދޭޝް އަށް އައިސްފައިވަނީ ގުޖުރާތުންނެވެ. 

އޭނާ ބުނާގޮތުން އެނާ ހުރީ ގުޖުރާތުގައި ގޭންގަކުން ދެ އަހަރު ދުވަސް ވަންދެން ކިޑްނެޕް ކޮށްފައެވެ. 

ނަމަވެސް އެނާ މަރުވިކަމަށް އޭނާގެ އާއިލާއިން ނިންމާފައިވަނީ ސަރުކާރުގެ ފަރާތުން ލިބުނު ސައްހަ ނޫން ރިޕޯޓެއްގެ ސަބަބުންނެވެ. އެ ރިޕޯޓުގައި ބުނާގޮތުން 40 އަހަރުގެ ޒުވާނާ ވަނީ ކޮވިޑުގެ 2 ވަނަ ރާޅުގައި މަރުވެގެން އަންދާލާފައެވެ. 

your imageދެ އަހަރު ކުރިން މަރުވިކަމަށް ނިންމި ޕަތީދާރު

ހޮނިހިރު ދުވަހު ކަމްލޭޝް ޕަތީދާރު ކިޔާ މި ޒުވާނާ އެނބުރި އައިސްފައިވަނީ އެނާގެ ބޮޑުބޭބެއެއްގެ ގެއަށެވެ. 

އޭނާގެ އާއިލާ މީހުންނާއި، ރަހުމަތް ތެރިން އަންނަނީ އެނާ އެނބުރި އައުމުން އުފާޅުކުރަމުންކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. 

ޕަތީދާރު ކިޑްނެޕްކޮށްފައި ހުރި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. 

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް