ބާޒާރުގެ އަގުތަކަށް މާބޮޑު ބަދަލެއް ނާދޭ
17 އޭޕްރީލް 2023 - 11:42:12
ބާޒާރުގައި ލިބެންހުރި ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، ބައެއް ބާވަތްތަކުގެ ތަކެތީގެ އަގުތަކަށް ކޮންމެވެސް ބަދަލެއް އައިސްފައިވީ ނަމަވެސް އެވްރެޖްކޮށް އަގުތައް މިއަދުވެސް ހުރީ އެއްވަރެއްގައެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ކަރާ - ކިލޯއެއް ލިބެން ހުރީ 18 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކާއްޓެއް - ލިބެން ހުރީ 8 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކުރުނބަލެއް - 25 - 60 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- ކަނޑޫދޫ މިރުސް - ކިލޯ 80 - 120 ރުފިޔާއަށް
- ކޮޕީ ފަތެއް - 3 ރުފިޔާއަށް ލިބޭ
- ޕެޝަން ފުރުޓް - ކިލޯއެއް 120 ރުފިޔާ
- މާޅޮސްކެޔޮ - ކިލޯއެއް 40 ރުފިާ
- ފަޅޯ ކިލޯއެއް - 28 ރުފިޔާ
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
މިއަދުގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ފަރުމަސް - ޅިޔައަޅާފައިވާ އާދައިގެ މަހެއް ވިއްކަމުން ދަނީ 40 - 200 އާ ދެމެދުގެ އަގަކަށް
- ގިނިމަސް - ކުޑަ ގިނިމަހެއްގެ ވިއްކަނީ 15 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ވަޅޯމަސް ލައްޓި ރާނގޮނޑި ސައިޒުގެ މަހެއް: 15 -25 ރުފިޔާ ދެމެދުގެ އަގެއް
- ކަނޑުމަސް ގޮދާ ސައިޒްގެ މަހެއް 60 ރުފިޔާއިން މަތީގައި
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް