
ހަމަހުގެ މުއްދަތަކަށް ހިންގާ މި އެޕްރެންޓިސިޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް، ޕްރޮގްރާމުގެ ހިންމުގަމށް ހަމަޖެހިފައިވާ މުއްދަތަށް، ކޮންމެ މަހަކު 7،000 ރުފިޔާގެ އެލަވަންސެއް ލިބިގެންދާނެކަމަށާއި، މިއީ ކުރީއަހަރުތަކުގެ ޕްރޮގްރާމުގައި ދެވުނު އެލަވަންސަށްވުރެ ބޮޑު އަދަދެއްކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
އެސްޓީއޯ އިން މިފަހަރު ފުރުސަތު ހުޅުވާލައިފައިވަނީ:
- ރީޓެއިލް ސާވިސަސް
- އިލެކްޓްރީޝަނުން
- ރެފްރިޖިރޭޝަން އެންޑް އޭސީ މެކޭނިކް
- އޮޓޮމޯޓިވް މެއިންޓެނަންސް މެކޭނިކް
މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓުފިކެޓެއް ލިބޭއިރު ގްރެޖުއޭޓްވާ ކޮންމެ މީހަކަށް އެސްޓީއޯ އިން ވަޒީފާ ޔަގީންވާނެ ކަމަށާއި، އަދި ވަޒީފާގައި އުޅެމުންވެސް ވަޒީފާގެ މާހައުލުންނާއި، ވަޒީފާގެ ބޭރުންވެސް ތަމްރީނުވުމުގެ ފުރަސަތު ލިބިގެންދާނެކަމަށް އސްޓީއޯ އިން މައުލޫމާތު ދެއެވެ.
އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ އެއްމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަދުވެހެވެ. މި ޕްރޮގްރާމުގައި ބައިވެރިމުވަށް، ޔޫތު މިނިސްޓްރީ އިން ހިއްސާކޮށްފައިވާ ގޫގަލް ފޯމް ފުރާލުމުން ބައިވެރިމުށް އެދި ހުށަހެޅޭނެކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.