ads
ދިވެހި ހައްޖުވެރިން:
ދިވެހި ހައްޖާޖީންނަށް ބޮޑުލުޔެއް: މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައިފި
ރާއްޖެއިން ހައްޖަށް ދާ މީހުންނަށް ބޮޑު ލުޔެއް ލިބިއްޖެއެވެ.
Advertisement

އެއީ ސައުދީ ސަރުކާރުން ރާއްޖެ މައްކާ ރޫޓް އިނިޝިއޭޓިވްގައި ހިމަނައިފައިވާތީ ލިބުނު ލުއިތަކެެވެ. މި އިނިޝިއޭޓިވްގެ ދަށުން ހައްޖަށް ދާ ދިވެހިން ޖިއްދާގެ އެއާޕޯޓުގައި މަޑުކުރަން ނުޖެހޭނެއެވެ. އަދި ހައްޖުވެރިންނަށް ސީދާ ހޮޓަލަށް ދެވޭނެއެވެ. މިއީ ހައްޖުވެރިން ރާއްޖޭގެ އެއާޕޯޓުން ފުރާނީ ސައުދީ އެއާޕޯޓުގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްފަހު ކަމަށް ވާތީއެވެ.

އިސްލާމިކް މިނިސްޓްރީން މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައިދެއްވުމަށް އެދި ސައުދީ ހައްޖު މިނިސްޓްރީއަށް ރަސްމީކޮށް ދެންނެވީ މީގެ ދެމަސް ކުރިންނެވެ. މި އިނިޝިއޭޓިވްގެ ދަށުން ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުން މިކަން މިގޮތަށް ފަހިކޮށްދިނުމަކީ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

މި އިނިޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ލިބޭ ލުއިފަސޭހަތަކުގެ ތެރޭގައި ހައްޖުވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބޭނެގޮތް މަގުފަހިވުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބޭނެގޮތް މަގުފަހިވުން ހިމެނެއެވެ. އަދި ހައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓާމިނަލްގައި ހައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް މި އިނިޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދެވޭނެއެވެ. މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކަށް ލުއި ފަސޭހަކަން ހޯދާދިނުމަށްޓަކައި ކުރެވެމުންދާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް