ads
ޕްރެޒިޑެންޓްސް ކަޕް 2009
ޕްރެޒިޑެންޓްސް ކަޕް: ޝަރަފު ގެއްލި ނަމަކަށް ކުޅެލަނީ
ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓްބޯޅަ ކުޅޭތާ 70 ވަރަކަށް އަހަރުވެދާނެއެވެ. މި ވޭތިވެދިޔަ ދިގު މާޒީގައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ގައުމީ މުބާރާތް، މިހާރުގެ ނަމުން ނަމަ ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅަށް ނިސްބަތްވާ ޕްރެޒިޑެންޓް ކަޕަކީ އަބަދުވެސް އެންމެ ޝަރަފްވެރި މުބާރާތުގެ ގޮތުގައި އޮތް އޮތުން މިހާރު މިވަނީ ނިމިފައެވެ. މިހާރު އެ މުބާރާތް ބޮޑަށް ބެލެވެނީ ޕްރީ ސީޒަން ޕްރެކްޓިސް މުބާރާތެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރުން ފެށިގެން ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހު މިދިޔަ އަހަރު އަލުން އެ މުބާރާތް ފަށައި، މުބާރާތުގެ ފޯރިގަދަ ކުރަން ފައިނަލް މެޗު އެހެން ރަށެއްގައިވެސް ބޭއްވުނެވެ.

އެކަމަކު މި އަހަރު މުޅިން ތަފާތެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ދެ ޓީމު މުބާރާތުގައި ބައިވެރިވެސް ނުވެއެވެ. ބައިވެރިވި ޓީމުތަކުގެ ތެރެއިންވެސް ގިނަ ޓީމުތައް ޕްރެކްޓިސް ކުރީވެސް އެންމެ ހަފްތާއެއްހާ ދުވަހުއެވެ. މެޗުގައި ކުޑަމިނުން މެޗުގެ މޮޅު ކުޅުންތެރިޔަކުވެސް ނުހޮވައެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފޯރި ކެނޑި، މުބާރާތުގެ ފެންވަރު ދަށްވެގެން ދާއިރު އެކަމަކީ ފުޓްބޯޅަ އާއިލާއަށް އަދި، ވަކިން ހާއްސަކޮށް އެ މުބާރާތް އެތައް ފަހަރަކު ކުޅެ، ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނަށް ކަން ބޮޑުވުމުކެވެ. ކުރީގެ އެއް ނަންބަރު މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) ވިދާޅުވި ގޮތުގައި، ގައުމީ މުބާރާތް އޭގެ ގޮތުގައި ފޯރީގައި ބޭއްވުމަކީ މުހިއްމު ކަމެވެ.

ކޮންމެ ކަމެއްގެ އަސްލު ނެތި ދަންޏާ، އޭގެ ދިރުން ގެއްލޭ ގޮތްވުމަކީ ތާރީހު ހެކިދޭ ކަމެއް. ގައުމީ މުބާރާތްވެސް އޭގެ ގޮތުގައި ފޯރީގައި ބޭއްވުމަކީ މުހިއްމު ކަމެއްކަމުގައި ދެކެން. މާއްޓޭ

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ބައެއް ޓީމުތަކުންވެސް ބުނީ، މި މުބާރާތް ދެކެނީ ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އެކަން އެ ގޮތަށް މެދުވެރިވަނީ މުބާރާތް ސީޒަންގެ އެންމެ ކުރިއަށް އޮންނަ މުބާރާތަކަށް ވެފައި އޮތުމުންނާއި ޓީމުތަކުގެ ހާލަތު ހުރި ގޮތުން އެންމެ ރަނގަޅަށް ތައްޔާރު ނުވެވި އުޅެނިކޮށް މުބާރާތާ ކުރިމަތިލާން ޖެހުމުންނެވެ.

ސުޕަ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ފުރަތަމަ މެޗުގެ ކުރިން ބުނީ ހާލަތުގެ ގޮތުން ޕްރެޒިޑެންޓްކަޕަކީ އެޓީމަށް ޕްރީ ސީޒަންގެ ބައެއް ކަމަށެވެ. އެހެންނަމަވެސް އިންމަ ބުނީ ކޮންމެ ގޮތަކަށް ޓީމުގެ ހާލަތު އޮތް ކަމުގައި ވިޔަސް ޕްރެޒިޑެންޓްސް ކަޕްގެ ހައިބަތާއި މުބާރާތަށް ދޭ އަހައްމިއްޔަތުކަން ކުޑަނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް ހައެއްކަ ދުވަހު ޕްރެކްޓިސް ކޮށްފައި ޕްރެޒިޑެންޓްސް ކަޕަށް މި ނުކުންނަނީ ނުކުންނައިރު އަޅުގަނޑުމެން ޕްރީ ސީޒަނެއްގެ ގޮތުގައި މި މުބާރާތް ބަލައިގެން މި އުޅެނީ. އެހެން ނަމަވެސް މިހެން ދެންނެވި ކަމަށްވިޔަސް، މުބާރާތެއްގައި ކުޅޭ ކަމަށްވާނަމަ އަޅުގަނޑުމެން ހިފަހައްޓަންޖެހޭ އުސޫލުތަކެއް ވެސް ހުންނާނެ" - އިންމަ

ޕްރެޒިޑެންޓްސް ކަޕް މިދިޔަ އަހަރު ރޭވިފައި އޮތީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. މި ފަހަރު ކުޅެނީ ހަ ޓީމެވެ. ކުރީގައި މި މުބާރާތަކީ ސީޒަންގެ އެންމެ ފަހު މުބާރާތެވެ. މި މުބާރާތަށް ޓީމުތަކަށް ވަރުގަދައަށް ތައްޔަރުވެސްވެއެވެ. މިކަން ކުޅުންތެރިއެއްގެ ގޮތުގައި މުބާރާތް ކާމިޔާބުކޮށްފައިވާ މިހާރު ވެލެންސިޔާގެ ކޯޗުކަމުގެ މަގާމުގައި ހުރި އަހްމަދު މުޖްތަބާ، ފެސްކޯވެސް ފާހަގަ ކުރިއެވެ.

ފެސްކޯ ބުނީ އާންމު ގޮތެއްގައި ކުރިން ސީޒަން ކަލަންޑަރު އޮންނަ ގޮތުން ޕްރެޒިޑެންޓްސް ކަޕް ކުޅެނީ ސީޒަނުގެ ފަހު މުބާރާތެއްގެ ގޮތުގައި ކަމަށްވާތީ، އެ މުބާރާތުން ޖާގަ ނުލިބޭ ޓީމުތަކުން ކުޅުންތެރިން ގެނެސްގެން ވެސް ކުޅެން ލިބޭ ކަމަށެވެ. އެކަމަކު، ސީޒަނުގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ޕްރެޒިޑެންޓްސް ކަޕް އޮތުމުން، މިހާރު ތައްޔާރީ އަށް އަސަރުކުރާނަމަ ޕްރެޒިޑެންޓްސް ކަޕް ފަދަ ޝަރަފްވެރި މުބާރާތެއް ވެފައި މި އޮތީ، "ޕްރީ ސީޒަން" މުބާރާތެއްގެ ގޮތުގައި ކަމަށް ވެސް ފެސްކޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު، މުބާރާތުގެ ފޯރި ގަދަ ކުރުމުގެ ގޮތުން ބޭއްވީ ރ. އަލިފުށީގައެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕުގައި ފައިނަލް މާލޭން ބޭރުގައި ކުޅެފައިވެއެވެ. 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. އެ ފަހަރު މުޅި މުބާރާތް ހޯސްޓްކުރީ ހދ. ކުޅުދުއްފުއްޓާއި ހިތަދޫގަ އެވެ. މާލޭން ބޭރުގައި ފުރަތަމަ ކުޅުނު ފައިނަލަކީ 1970 ވަނަ އަހަރުގެ މުބާރާތެވެ. އެ ފަހަރުވެސް ކުޅުނީ އައްޑޫގައެވެ.

މިދިޔަ އަހަރު މާލޭން ބޭރުގައި މުބާރާތުގެ ފައިނަލް މެޗު ބޭއްވިނަމަވެސް މި ފަހަރު އެކަހަލަ ވިސްނުމެއް ގެންގުޅޭ ކަމެއް އަދި އެނގިފައެއް ނެތެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް