ads
ޔާމީން ހައިކޯޓުގެ ޝަރީއަތުގައި
ފުއްގިރި މައްސަލަ މާދަމާ އަލުން ފަށަނީ
ހައިކޯޓުގެ އަމުރަކަށް މަޑުކޮށްފައި އޮތުމަށް ފަހު، ހައިކޯޓުން އެ މައްސަލަ ނިމުމުން، ފުއްގިރި މައްސަލައިގެ އަޑު އެހުމެއް މާދަމައަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މާދަމާ ހެނދުނު 9:30 ގައި މި މައްސަލަ އަލުން ކުރިއަށް ގެންދާށެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މައްސަލައިގައި ރައީސް ޔާމީނާ، ސަން ކުންފުނި އަދި ކްރިކް އަހްމަދު ރިޒާގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ. 

އެމްއެމްޕީއާރުސީން ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ހައިކޯޓުން މިދިޔަ ހަފްތާގައިވަނީ ކަނޑައަޅާފައެވެ. އޭގެ ކުރިން އެ މައްސަލައިގެ ތެރެއިން ޔާމީންގެ ފަރާތުން އެދުނު އެދުމަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޑު ޖައްސާލަން ހައިކޯޓުން އަމުރު އަމުރުކުރިއެވެ. 

މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގައި، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ޖެހިޖެހިގެން ބާއްވަން ނިންމުމުން ދިފާއީ ވަކީލުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އޭރުވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ބެހޭގޮތުން ގޮތް ނިންމައި އިބްތިދާއީ މަރުހަލާ ނިންމާލައްވައިފަ އެވެ. އަދި ޝަރީއަތުގެ މަރުހަލާ މާރިޗު މަހު ނުވަވަނަ ދުވަހު ފަށަން ގަސްދުކުރާ ކަމަށް އޭރު ގާޒީ ނިންމެވި ނަމަވެސް އަޑު އެހުންތައް ލަސްވެގެން ދިޔައީ ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުންނެވެ. 

ހައިކޯޓުގެ އަމުރަށް ކްރިމިނަލް ކޯޓުން މައްސަލަ މަޑު ޖައްސާލުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންދަވާނީ ކޮންޓިނުއަސްކޮށް ކަމަށެވެ. އެގޮތުން ހުކުރު ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަސްތަކެއްގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ގަސްތުކުރައްވާކަމަށް ގާޒީ ކުރިން ވިދާޅުވިއެވެ. އެއީ މާރިޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އެ ޝެޑިއުލާ އެއް ގޮތަށް އޭރު ހެކިބަސް ނެގޭ ގޮތް ނުވިއެވެ. 

އެ ނިންމެވުންތަކާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހުމަދު އޭރު ވިދާޅުވީ، ކޮންމެ ދުވަހަކު އަޑުއެހުން ބޭއްވުމަކީ ވަކީލުންނަށް އެކަމުގެ ތަކުލީފު ބޮޑުވާނެ ކަމެއް ކަމަށެވެ.

ޝަރީއަތުގެ މަރުހަލާ ބާއްވާނީ ހުރިހާ އެންމެން ވެސް ކޯޓަށް ހާޒިރުވާ ގޮތަށް ކަމަށް ގާޒީ ނަދީމް ކުރިން މި މައްސަލައިގައި ވިދާޅުވި އެވެ. އެކަމަކު، ކޮންމެ ދުވަހަކު މާފުށިން ދަތުރުކުރައްވަން ޔާމީނަށް އުނދަގޫވެވަޑައިގަންނަވާނެތީ ބޭނުންފުޅުވާ ނަމަ އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް