އާދަން ޝަރީފް މިއަދު ވަނީ އިންތިހާބުގައި އެހީތެރިވެދިންކަމަށް ވިދާޅުވެ ފިކުރެއްގެ ދިރުން ފެކްޝަނުގެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
ޒަމާނުއްސުރެ ޕީޕީއެމް ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ އިސް މެމްބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި މިއަދު ޓުވީޓެއްގައި ވިދާޅުވީ ފިކުރެއްގެ ދިރުން ފެކްޝަނުން ޕީޕީއެމަށް އެހީތެރިވެދީފައި ނުވާކަމަށެވެ.
ހުސައިން ވިދާޅުވީ އެމްޑީޕީގެ ފެކްޝަނަކާއެކު އިންތިހާބެއް ކާމިޔާބު ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިންވާކަމަށާއި އާދަމް ޝަރީފްގެ ވާހަކަތަކަކީ އޮޅުމެއް ކަމަށެވެ.