ads
ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގުން --
ކޮވިޑް ޖެހި ހާލުބޮޑުވެ 28 މީހަކު އެޑްމިޓްކޮށް ފަރުވާ ދެނީ
ރާއްޖޭގައި ކޮވޮޓް ފެތުރުން އިތުރުވެ ކޮވިޑްގައި ހާލު ބޮޑުވެ 28 މީހަކަށް މިހާރު ފަރުވާދެމުން ގެންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
Advertisement

އެޗްޕީއޭއިން ބުނީ މިމަހުގެ މިހާތަނަށް 148 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 100 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަހައްދުން ކަމަށެވެ.

އަދި އޭގެތެރެއިން 28 މީހެއްގެ ހާލު ބޮޑުވެ އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުން 11 މީހަކަށް މިމަހުގެ މިހާތަނަށް ކޮވިޑް ޖެހިފައިވާ އިރު ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުން 37 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް