ads
ސްޓެލްކޯއިން ނަރުދަމާގެ ހިދުމަތްދެމުން ގެންދާ ރަށްތަކުގެ ތެރެއިން ހަތަރު ރަށަކަށް ޖެޓިން މެޝިން ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯއިން ހަތަރު ރަށަކަށް ޖެޓިން މެޝިން ފޮނުވަނީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަތަރު ރަށަކަށް ޖެޓިން މެޝިން ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ނަރުދަމާގެ ހިދުމަތްދެމުން ގެންދާ ރަށްތަކުގެ ތެރެއިން ހަތަރު ރަށަކަށް ޖެޓިން މެޝިން ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ސްޓެލްކޯއިން ޖެޓިން މެޝިން ފޮނުވުމަށް ނިންމާފައިވާ ހަތަރު ރަށަކީ  އއ. ރަސްދޫ، އއ. އުކުޅަސް، އދ. ހަންޏާމީދޫގެ އިތުރުން އދ. އޮމަދޫއެވެ.

މި މެޝިންތަކާ އެކު، ނަރުދަމާ ނިޒާމު ބެދިގެން ޖެހޭ މައްސަލަތައް އަވަސް ގޮތެއްގައި ހައްލު ކުރެވި، ނަރުދަމާ ސާފު ކުރުމަށް ފަސޭހަވެގެންދާނެ ކަަމަށް ސްޓެލްކޯއިން ބުނެއެވެ.

your imageސްޓެލްކޯއިން ނަރުދަމާގެ ހިދުމަތްދެމުން ގެންދާ ރަށްތަކުގެ ތެރެއިން ހަތަރު ރަށަކަށް ޖެޓިން މެޝިން ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން ދަނީ އެ ކުންފުނިން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ކ. ހިންމަފުއްޓަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް އެ ކުންފުނިން ވަނީ ފޮނުވާފައެވެ. ސްޓެލްކޯއިން ބުނީ ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި 800 ކިލޯވޮޓުގެ އާ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމުގައެވެ. އެ ޖަނަރޭޓަރު ސެޓާ އެކު، ހިންމަފުށީގެ ކަރަންޓު ކެޕޭސިޓީ 1،450 ކިލޯވޮޓުން 2،050 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި 300 ކިލޯވޮޓް ގެ އާ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ފޮނުވާފައެވެ. އެ ޖަނަރޭޓަރު ސެޓާ އެކު، މާޅޮހުގެ ކަރަންޓު ކެޕޭސިޓީ 679 ކިލޯވޮޓުން 816 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މާޅޮހުގެ އިތުރުން ކ. ގުރައިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ސްޓެލްކޯގެ ފަރާތުން 800 ކިލޯވޮޓް ގެ އާ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ފޮނުވާފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ގުރައިދޫއަށް ފޮނުވި އެ ޖަނަރޭޓަރު ސެޓާ އެކު، ރަށުގެ ކަރަންޓު ކެޕޭސިޓީ 1،550 ކިލޯވޮޓުން 2،350 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް