ބޭނުންވާ ތަކެތި:
ތައްޔާރު ކުރާނެ ގޮތް:
ޕޭންގެ ތެރޭގައި ބިސްތައް އެތުރުމަށްފަހު ފެން އަޅާށެވެ. ރަނގަޅަށް ފެނުކައްކާ ނިމުމުން 15 މިނެޓު ވަންދެން ހޫނު ފެނުން ނުނަގާ ބައިންދާށެވެ. ފެން ހުސްކުރުމަށްފަހު ބިސްތައް ފިނި ފެނުގައި ބަހައްޓާށެވެ. ރަނގަޅަށް ހިހޫވުމުން ތޮށި ނައްޓާށެވެ. ބިސްތައް ދިގަށް ދެފަޅި ކުރުމަށްފަހު ގޮބޮޅި ނެގުމަށްފަހު ވަކި ތައްޓެއްގައި ބަހައްޓާށެވެ. އުލަކުން ހުރިހާ ގޮބޮޅިތައް ޗިސްކުރާށެވެ. މެޔޮނައިސް، މަސްޓަޑް، ލޮނު، އަސޭމިރުސް ގޮބޮޅިއާއެކު މިކްސް ކުރާށެވެ. ރަނގަޅަށް މިކްސްވުމުން އައިސިން ބޭގަކަށް އަޅާފައި ބިހުގެ ގޮބޮޅި އިން ބައިގައި މީގެ މިކްސް ޖަހާށެވެ. އެއަށްފަހު އޭގެ މަތީގައި އޮލިވް ހަރުކުރުމުން ތައްޔާރުކޮށް ނިމުނީ އެވެ.