ބާޒާރުގެ އަގުތައް: މާ ބޮޑު ބަދަލެއް ނެތް
18 އޭޕްރީލް 2023 - 12:16:55
މި ރޯދަ މަހުން 27 ރޯދަ މިއަދު ހިފަމުން ދާއިރު ރޯދަމަސް ފެށުނީންސުރެ މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓްގެ އެވްރެޖްކޮށް ފެންނަނީ އެހެން ރޯދަމަސްތަކަށް ވުރެ ހަލަބޮލިކަން ކުޑަކޮށެވެ. އެހެން ކަމުން މަދު ބާވަތްތަކެއްގެ މުދަލުގެ އަގަށް ބަދަލު އައި ނަމަވެސް އެވްރެޖްކޮށް ގިނަ މުދަލުގެ އަގުން ހުންނަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ބަރަބޯ - ކިލޯއެއް 18 ރުފިޔާ 22 ރުފިޔާއަށް
- ކަރާ - ކިލޯއެއް ލިބެން ހުރީ 18 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކާއްޓެއް - ލިބެން ހުރީ 8 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކުރުނބަލެއް - 25 - 60 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- ކަނޑޫދޫ މިރުސް - ކިލޯ 80 - 120 ރުފިޔާއަށް
- ކޮޕީ ފަތެއް - 3 ރުފިޔާއަށް ލިބޭ
- ޕެޝަން ފުރުޓް - ކިލޯއެއް 120 ރުފިޔާ
- މާޅޮސްކެޔޮ - ކިލޯއެއް 40 ރުފިާ
- ފަޅޯ ކިލޯއެއް - 28 ރުފިޔާ
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
މިއަދުގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ފަރުމަސް - ޅިޔައަޅާފައިވާ އާދައިގެ މަހެއް ވިއްކަމުން ދަނީ 40 - 200 އާ ދެމެދުގެ އަގަކަށް
- ގިނިމަސް - ކުޑަ ގިނިމަހެއްގެ ވިއްކަނީ 15 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ވަޅޯމަސް ލައްޓި ރާނގޮނޑި ސައިޒުގެ މަހެއް: 15 -25 ރުފިޔާ ދެމެދުގެ އަގެއް
- ކަނޑުމަސް ގޮދާ ސައިޒްގެ މަހެއް 60 ރުފިޔާއިން މަތީގައި
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް