
ބީއެމްއެލުން ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ ކަމުގައެވެ.
ބީއެމްއެލްއަކީ 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އޭގެ އިތުރުން އެ ބޭންކަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.