ads
ސުހާނާ ހާން--
ޝާހުގެ ދަރިފުޅުގެ އިންސްޓަގްރާމު އެކައުންޓް ޕަބްލިކްކޮށްފި
ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާންގެ އިންސްޓަގްރާމު އެކައުންޓް ޕަބްލިކްކޮށްފި އެވެ.

ކުރިން ޕްރައިވެޓް އެކައުންޓެއް ގެންގުޅު ސުހާނާ އޭނާގެ އިންސްޓަގްރާމު އެކައުންޓަށް ހިއްސާކުރާ ފޮޓޯތައް އެންމެންނަށް ބެލޭ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް އެންމެންނަށް ސުހާނާ ހިއްސާކުރާ ޕޯސްޓްތައް ފެނުން ނަމަވެސް އެއްވެސް ފޮޓޯއަކަށް ކޮމެންޓް ނުކުރެވޭ ގޮތް އޭނާ ވަނީ ހަދާފަ އެވެ. 

ޖުމްލަ 21 ފޮޓޯއެއް ސުހާނާ، އޭނާގެ އިންސްޓަގްރާމަށް ހިއްސާކޮށްފައިވާއިރު އޭގެ ތެރޭގައި ބައްޕަ، ޝާހުރުކް ހާން އާއި މަންމަ ގޯރީ ހާންގެ އިތުރުން އާރިޔަން އާއި އަބްރާމްގެ ފޮޓޯތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެސް އޭނާގެ ގާތް ރަހުމަތްތެރިންނާއެކު ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފައިވެ އެވެ. 

އުމުރުން 19 އަހަރުގެ ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފަ އެވެ. ބޮލީވުޑުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ސުހާނާ މިވަގުތު އަންނަނީ އިތުރަށް ކިޔަވަމުންނެވެ. ޝާހު ބުނި ގޮތުގައި ފިލްމީ ދާއިރާއަށް ދަރިފުޅު ނެރެން އެހީވާނީ ކިޔަވާ ނިމުމުންނެވެ. 

ނަމަވެސް ދާދިފަހުން ސުހާނާ ވަނީ ދިހަ މިނެޓުގެ "ދަ ގްރޭ ޕާޓް އޮފް ބުލޫ" ކިޔާ ކުރު ފިލްމެއްގައި އެކްޓްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް