ads
ފީފާ އަންޑަ 20 ވޯލްޑްކަޕް އާޖެންޓީނާގައި
ފީފާ އަންޑަ 20 ވޯލްޑްކަޕް އާޖެންޓީނާގައި
އިސްރާއީލް ބައިވެރިކުރަން ދެކޮޅު ހެދުމުން އިންޑޮނޭޝިއާގައި ނުބާއްވަން ނިންމި ފީފާ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުން އާޖެންޓީނާއަށް ބަދަލުކޮށްފިއެވެ.

އިންޑޮނީޝިއާގެ ބާލީގައި ކުޅެން ތާވަލް ކުރެވުނު ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ގުރުއަތުލުން ބާލީގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް، މުބާރާތް އެ ގައުމުގައި ނުބާއްވާ ގޮތަށް ނިންމީ ބާލީގެ ގަވަރުނަރު ވަޔާން ކޮސްޓާ، އެ ގައުމުގައި ބާއްވާ މުބާރާތެއްގައި އިސްރާއީލް ބައިވެރިކުރަން ދެކޮޅު ހެދުމުންނެވެ. ގަވަރުނަރު ވަނީ ގުރުއަތުލުމުގެ ރަސްމިއްޔާތު ކެންސަލް ކޮށްފަ އެވެ.

އިންޑޮނޭޝިއާގައި މި މުބާރާތް ބޭއްވުމުގެ ފުރުސަތު ދިނީ 2019 ވަނަ އަހަރެވެ. އޭރު އިޒްރޭލް މި މުބާރާތަށް އަދި ކޮލިފައި އެއް ނުވެ އެވެ. މިއީ އިޒްރޭލް މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެޓީމު ކޮލިފައިވީ މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގެ ރަނަރަޕް ޓީމުގެ ގޮތުގަ އެވެ.

އާޖެންޓީނާގައި މެއި މަހުގެ 20 އިން ޖޫން 11 ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ ފީފާގެ ހެޑްކުއާޓާސް ހުންނަ ސްވިޒަލެންޑްގެ ޒިއުރިޗުގައި ހުކުރު ދުވަހު އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް