ހުޅުމާލޭ ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ބަލިކޮށްގެނެވެ.
މި މެޗުން ހުޅުމާޅެ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި ދެ ޓީމަކީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ކުޅުނު ދެ ޓީމެވެ. މިދިޔަ އަހަރު ފައިނަލުގައި ވެސް ހުޅުމާލެ ވެޓަރަންސް އިން ވަނީ ހަމަ މި ނަތީޖާ އިން ސޮކަ މޭޓްސް ބަލިކޮށްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ހުޅުމާލެ ވެޓަރަންސް ޓީމަށް ޖަހައިދިނީ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅުނު އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ.
ސެމީގެ ދެވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ހުއްރިއްޔާއެވެ. ފޯރިގަދަ މި މެޗު ތިން ލަނޑު ދެ ލަނޑުން ކާމިޔާބު ކުރީ ދަ ގްރާންޑޭ އެވެ.
ވެޓަރަންސް މުބާރާތުގެ ފައިނަލުގައި ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓަރަންސް ކުޅޭ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.