
ބޭނުންވާތަކެތި:
- 150 މިލިލީޓަރު އާދައިގެ އޮލިވް އޮއިލް
- 50 ގްރާމް ކޮކޯ ޕައުޑަރު (ރަނގަޅަށް ފުރާނާފައިހުރި)
- 125 މިލިލީޓަރު ހޫނުފެން
- 2 ސައިސަމްސާ ވެނީލާ އެސެންސް
- 150 ގްރާމް މުގުރާފައިހުރި އާމަންޑް (ނުވަތަ 125 ގްރާމް އާދައިގެ ފުށް)
- 2/1 ސައިސަމްސާ ބޭކިންގ ސޮޑާ ކުޑަ ލޮނުކޮޅެއް
- 200 ގްރާމް ހަކުރު (މުގުރާފައި)
- 3 ބިސް (ބޮޑެތި)
ތައްޔާރުކުރާނެ ގޮތް:
އަވަން ހޫނުކޮށްލުމަށްޓަކައި 170°C/150°C Fan/gas mark 3/325ºF އަށް ޖައްސާލާށެވެ. އެއަށްފަހު 22 ނުވަތަ 23 ސެންޓިމީޓަރ/ 9 އިންޗްގެ ޓްރޭއެއްގައި ތެޔޮފޮދެއް ހާކާލުމަށްފަހު ޓްރޭގެ އަޑީގައި ބޭކިންޕޭޕަރ އަޅާލާށެވެ. ރަގަޅަށް ފުރާނާލައި މިނެލުމަށްފަހު ކޮކޯޕައުޑަރ، ތައްޓެއް ނުވަތަ ޖަގެއްގެ ތެރެއަށް އަޅާލާށެވެ. އެއަށްފަހު އޭގެތެރެއަށް ހޫނުފެންފޮދެއް އަޅާލުމަށްފަހު އޮމާން، ޗޮކްލެޓް ޕޭސްޓްއަކަށް ވަންދެން ރަގަޅަށް އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ވެނީލާ އެސެންސް އަޅާލުމަށްފަހު ހިހޫކޮށްލުމަށްޓަކައި ބަހައްޓާށެވެ.
އެހެން ތައްޓެއްގައި، މުގުރާފައި ހުރި އަލްމަންޑް ނޫނީ ފުށް، ބޭކިން ސޮޑާ އަދި ލޮނުކޮޅު އަޅާލާފައި އެއްކޮށްލާށެވެ. މުގުރާފައިހުރި ހަކުރު، އޮލިވް އޮއިލް އަދި ބިސް އެހެން ތައްޓެއްގެ ތެރެއަށް އަޅާލުމަށްފަހު ތިން މިނެޓްވަންދެން ގިރާލައި އެއްކޮށްލާށެވެ. ދެން ގިރާލި މިކްސްޗަރތެރެއަށް ކޮކޯ މިކްސްޗަރ އަޅާލައި މަޑުމަޑުން ގިރާލާށެވެ. ރަގަޅަށް ގިރާލެވުމުން އޭގެތެރެއަށް ފުށް ނޫނީ އަލްމަންޑް މިކްސްޗަރ އަޅާލާށެވެ. ހުރިހައި އެއްޗެއް ރަގަޅަށް ގިރާލާއި އެއްކޮށްލުމަށްފަހު، ތައްޔާރުކުރި ޓްރޭގެ ތެރެއަށް އަޅާލާށެވެ. އެއަށްފަހު 40 ނުވަތަ 45މިނެޓް ވަންދެން ފިހެލާށެވެ. ކޭކް ރަގަޅަށް ފިހެވިފައިވޭތޯ ބެލުމަށް ޓެސްޓަރ އެއް ބޭނުންކުރެވިދާނެއެވެ. ކޭކް ޓެސްޓަރއެއް ކޭކް ތެރެއަށް ހަރާލާފައި ނެގުމުން، ކުޑަކޮށް ޓެސްޓަރގައި ހޭކިފައި ހުރިކަމުގައިވިޔަސް ކޭކް އެހުރީ ރަގަޅަށް ފިހެވިފައެވެ.
އަވަންއިން ނެގުމަށްފަހު 10ވަރަކަށް މިނެޓްވަންދެން ވައި ލިބޭ ތަނެއްގައި ހިހޫކޮށްލުމަށް ބަހައްޓާށެވެ. އެއަށްފަހު މަޑުމަޑުން ދޭފަތެއްކަހަލަ އެއްޗެއް ބޭނުންކޮށްގެން ކޭކު ކައިރިފަށް ނައްޓާލުމަށްފަހު މަޑުމަޑުން ޓްރޭ ތެރެއިން ނަގާށެވެ. ކެއުމަށްޓަކައި ކޭކް އެއްކޮށް ހިހޫވަންދެން ބަހައްޓާލެވިދާނެއެވެ. ނޫނީ ކުޑަކޮށް ހޫނުކަންމަތީވެސް ބޭނުންކޮށްލެވިދާނެއެވެ. ކޭކް ކެއުމުގައި ކޭކް އާއި އެއްކޮށް އައިސްކްރީމް، ޕުޑިންއެއްގެ ގޮތުގައި ބޭނުންކޮށްލެވިދާނެއެވެ.